މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ތ އަތޮޅު ކިނބިދޫ ނެރުކައިރީގައި ހިއްކާފައޮތް ކުޑަ ރަށަކަށް އަރައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ފެރީ ދަތުރުކުރާ ބޮޑު ލޯންޗެކެވެ. މި ލޯންޗުން ގިނަ އަދަދެއްގެ ބަޔަކު ތ އަތޮޅު އެކިއެކި ރަށްރަށަށް ދަތުރުކުރިއެވެ.
މަންޒަރުދުއް ފަރާތަކުން ހުވަދޫއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 4 އިންޖީނު އެޅި ބޮޑު ލޯންޗު އެރަށަށް މީހުން ބޭލުމަށްފަހު ފުރައިގެން ދިޔައީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި އިރުކޮޅެއްފަހުން ބާރު އަޑެއް އިވިގެން ބަލާލިއިރު އެލޯންޗް އޮތީ އެރަށު ނެރު ކައިރީގައި ހިއްކާފައި އޮންނަ ކުޑަ ރަށުގެ މެދުގައި ކަމަށެވެ.

ކިނބިދޫ ނެރުކައިރީގައި އޮތް ކުޑަރަށަކަށް އަރާފައިވާ ވެލިމާ ލޯންޗް/ފޮޓޯ: އަލީ ރަމީޒް ފޭސްބުކް
" ހިޔެއް ނުވޭ އިންޖީންތައް ވެސް ސަލާމަތް ވާނެހެން. ވަރަށް ރީތިކޮށޤ ހަދާފައިން ލޯންޗެއް، ސީދާ ރަށު މެދުގަ އޮތީ.
އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެލޯންޗުގައި 250 ގެ ހަތަރު އިންޖީން އަޅާފައިވާ ކަމަށެވެ.
ރާއްޖޭގައި ބާރު ސްޕީޑުގައި ދުއްވާފައިދާ ލޯންޗުތަކަށް މިފަދަ ހާދިސާތައް މަދުން ނަމަވެސް ދަނީ ދިމާވަމުންނެވެ.

