މާލެ އަތޮޅު މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައި ފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުން ގެންދާކަމަށް ވެސް ފުލުހުން ޚިދުމަތުން ބުންޏެވެ.

