އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް އީދަށް މެދުކަނޑާލުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
1445 ވަނަ އަހަރުގެ އަޟްހާ އީދުގެ މުނާސަބައާއި ގުޅިގެން އައިޖިއެމްއެޗް ހޮސްޕިޓަލުގެ އޯޕިޑީއަށް ގެނެވޭ ބަދަލުތައް އެ ހޮސްޕިޓަލުން ވަނީ އާންމު ކޮށްފައެވެ.
ހައްޖު ދުވަހުގެ މުނާސަބަތުގައި މިއަދު ވެސް އައިޖީއެމްއެޗްގެ ސްޕެޝަލް އޯޕީޑީ އާއި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދެވެ.
އެގޮތުން ގެނެވޭ ބަދަލުތަކުގެތެރޭގައި، މިއަދާ މާދަމާ ގެ އިތުރުން 17 ވަނަ ދުވަހާ ހަމަޔަށް އިމަޖެންސީ ހިދުމަތް ފިޔަވާ ހޮސްޕިޓަލުން ދޭ ހިދުމަތަށް ބަދަލު އަންނާނެއެވެ.
ބަންދު ދުވަސްތަކުގައި އައިޖީއެމްއެޗްގެ އޯއިޕީޑީ އަދި، އިމަޖެންސީ ހިދުމަތްތައް މި ދުވަސްތަކުގައި ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އީދަށް ސަރުކާރު ބަންދުގެ ގޮތުގައި މުޅި ހަފްތާ ކަނޑައަޅާފައިވާއިރު، ދެން ރަސްމީކޮށް ހުރިހާތަނެއްގެ ހިދުމަތްތައް ފަށާނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހު ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

