ގަވައިދުން ބިލު ދައްކަމުންދަނިކޮށް ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވައި ފެނުގެ ހިދުމަތް މެދުކަނޑާލަމުންދާތީ އެ މައްސަލަ ބަލަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ފަށައިފިއެވެ.
އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައިބުނީ މީހުން އުޅޭ ގެތަކުގައި ކުއްޔަށް ދިރިއުޅޭ މީހުން ފެން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެންގުމަށް ފެނުގެ ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށެވެ.
“ފެނުގެ ޚިދުމަތް މެދުކަނޑާލުމުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން އެ ގެއެއްގައި ނުވަތަ ގޭބިސީއެއްގައި ދިރިއުޅޭ އެންމެންނަށް ނޭދެވޭ އަސަރު ކުރޭ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް.” ހިއުމަންރައިޓްސް
މީގެ އިތުރުން އެ ކޮމިޝަނުން ބުނީ ހުށަހަޅާ އެފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާއި އަދި ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދީފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
އެޗްއާރުސީއެމުން ބުނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫން ގޮތަކަށް އެއްވެސް ހައްގެއް އެއްވެސް މިންވަރަކަށް ނުހިފެހެއްޓެނެކަމަށެވެ.
އާންމު ފަރުދުންނާއި އިދާރާތަކާ ދެމެދުގައި ދިމާވާ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ގުޅުންހުރި އިދާރާއަކަށް އެ މައްސަލައެއް ހުށަހެޅުމަށާއި ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދުމަށް އެންމެންނަށް ވެސް އިލްތިމާސް ވެސް ކުރާ ކަމުގައެވެ.
މިގޮތުން ކޮމިޝަނަށް ހުށަހަޅާ އެފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާއި އަދި ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ބައެއް މައްސަލަތަކުގައި ހައްލު ހޯދައިދީފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައެވެ.
ފެނުގެ ހިދުމަތް ދެމުން އަންނަނީ އެމްޑަބްލިއުއެސްސީ އާއި ފެނަކަ އިންނެވެ.

