ރޭއިންފެށިގެން، މާލެ ހުޅުމާލެ ހިމެނޭހެން ތިން މާރާމާރީއެއް ހިނގާފއިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަހީދު އަލީ މިސްކިތް ކައިރީ މިއަދު މާރާމާރީއެއް ހިނގާފައިވާއިރު، ރޭގަ ދެ މާރާމާރީއެއް ހިނގި ކަމަށެވެ. މި މާރާމޭރީތަކާ ގުޅިގެން މައްސަލަ ތަހިގީގްކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު މާރާމާރީ ހިނގާފައިވަނީ ޝަހީދު އަލީ މިސްކިތް ކާއިރީ ކަމަށާއި، 12:45ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މާރާމާރީއާ ގުޅިގެން ދެ މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މަރާމާރީގައި ޒަހަމްވި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ދަރުބާރުގެ ކައިރީގައިވެސް ރޭގައިވަނީ މާރާމާރީއެއް ހިނގާފައެވެ. ދަރުބާރުގެ ކައިރީގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހުން ވަނީ ހައްޔަރުކޮށްފަވެއެވެ. ނަމަވެސް ތަފުސީލެއް ފުލުހުން ނުދެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ހުޅުމާލޭ ފިލިގަސްމަގުގައި މާރާމޭރީއެއް ހިނގާފައިވާކަމަށް ފަތިހު 4:07 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މާރާމާރީ ހިނގި ސަރަހައްދުން ފުލުހުން ދިއުމުން މާރާމާރީ ހިނގިމީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރަން އުޅޭނިކޮށް ކާރުގައި ތިބި ދެމީހުން ކާރުން ފުލުސްމީހާ ގައިގައި ޖައްސާފައި ކާރު ފިލާފައިވާ ކަމަށެވެ.
ނަމަވެސް އެތަނުން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށާ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.
މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސްމީހާއި، އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގް ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

