މާލެސިޓީގެ ދެކުނުފަރާތު ބަނދަރު ސަރަހައްދަށް ކުނިއެޅުމުގެ މައްސަލަ ބޮޑުވާތީވެ ފެންސު ޖަހައި ބަނދަރު ސަރަހައްދު ބަންދުކޮށްފިއެވެ.
މާލޭސިޓީ ކައުންސިލުން ބުނީ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށް ކުނި އަޅަމުން ދާތީ، އެކަން ހުއްޓުވުމުގެ ގޮތުން، އެ ސަރަހައްދުގައި ފެންސު ޖަހައި ބަންދު ކޮށްފައިވާ ކަމަށެވެ.

ފޮޓޯ: މާލެ ސިޓީ ކައުންސިލު އެކްސްޕޯސްޓް
އެ ސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިއްޔެގެ ވަގުތެއްގައި ބަނދަރު ސަރަހައްދު ބަންދުކުރުމުގެ ގޮތުން ފެންސު ޖެހުމުގެ މަސައްކަތާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ މާލެއަކީ ސާފުތާހިރު ރީތި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދު ސާފުކޮށް ބޭއްވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން އެކި ކަހަލަ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ދާދި ފަހުން މާލޭ އިންޑަސްޓްރިއަލް ވިލެޖް ހިމެނޭ ސަރަހައްދާއި ގުޅިފައިވާ ދެކުނު ފަރާތު ބަނދަރުވެސް، މާލޭ ސިޓީ ކައުންސިލުން ވަނީ ސާފު ކޮށްފައެވެ.

