ދެ ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ އެކްސިޑެންޓެއް ހިނގާފައިވަނީ ދ. ވޮއްމުލި ރިސޯޓްގެ ލޯންޗަކާއި ދ. ޝޫރެސް ރިސޯޓްގެ ލޯންޗެއް ޖެހިގެން ކަމަށެވެ.
މި އެކްސިޓެންޓްގެ މައުލޫމާތުލިބުމާއި އެކު ފުލުހުންދަނީ އެ ސަރައްދުގައި ހަރަކާތްތެރިވަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.
މައުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި ދެ މީހަކަށް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
އެ ދެމީހުންނަށް މިހާރު ދަނީ ދ. ހުޅުދެލި ހެލްތު ސެންޓަރުން ފަރުވާ ދޭން ފަށާފައެވެ.

