މާލޭ މަގެއްގެ މަތިން ހަރުފައެއް ފެނިއްޖެއެވެ.
މާލޭ މަގުމަތިން ފެނުނު ހަރުފަ ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މާލޭ މަގުމަތީގައި އޮތް ހަރުފައެއް ސިފައިން ދަނޑިގަޑެއް ބޭނުން ކޮށްގެން ކޮންޓްރޯލް ކުރަން މަސައްކަތް ކުރާތަންފެންން ވީޑިއޯ އެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.
މި އަހަރު ތެރޭގައިވެސް ރޭ ފެނުނު ޒާތުގެ ޕައިތަން ހަރުފައެއްވަނީ ފެނިފައެވެ. ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުން ފެނުނު އެ ހަރުފަ ހިފައި ސިފައިން ވަނީ އޭރު ނައްތާލާފަ އެވެ.
މީގެ ކުރިން ފެނުނު ހަރުފަވެސް ފެނުނީ މާލޭ މާފަންނު ސަރަހައްދުންނެވެ. ރޭ ފެނުނު ހަރުފަވެސް ފެނުނީ މާފަންނު ތިލާކޮޅު ގޯޅިންނެވެ.

