ލޯބި އެއީ އިންސާނާގެ ހިތާއި ނަފްސާއި ފުރާނައިގެ ކާނާއެވެ. އޭނާ ދިރުމާއި އުއްމީދެވެ. އިންސާނާއަށް ބޭނުންވާ ލޯތްބާއި އަޅާލުން ނުލިބިއްޖެނަމަ އޭނާ ތަހައްމަލްކުރާ ވޭނާއި ކެކުޅުން އެއީ އަނެކާއަށް އިހުސާސްކުރެވޭ ވަރަށްވުރެ މާ ބޮޑު ވޭނެކެވެ. މިފަދަ ހާލަތާއި ކުރިމަތިލާން ޖެހިފައިވަނީ ތިޔައިންގެ ތެރެއިން ކިތައްމީހުންނަށްތޯއެވެ.؟
ލޯބި ތިޔަވީ ލޯތްބަކީ ކޯއްޗެއްކަން އެނގިގެންތަ!
ކުއްލިއަކަށްވެސް ލޯބިވެއެވެ. މިއަށް ކިޔަަނީ ފުރަތަމަ ނަޒަރުންވެވޭ ލޯތްބެވެ. މަސައްކަތުގެ މާހައުލުންވެސް ލޯބިވެއެވެ. އަދި އުޅޭ އުޅުމާއި މީހާގެ ކޮލީޓީއާއި ޗާލު ހަށިގަނޑާއި، ބުރުސޫރައާއި، އަޙްލާގާއި އުޅޭ އުޅުމާއި ސުލޫކުގެ ތެރެއިންވެސް މެއެވެ. އެހެންވީމަ ސުވާލަކީ ތިބާ މިތަނުން ނެގީ ކޮން ކެޓަގެރިއެއްތޯއެވެ.
ތިބާ އަށް މީހެއްގެ ހިތް ކަތިލާލެވިފަވާކަން އެނގޭހެއްޔެވެ.؟ އެމީހަކާ އެކީ ވަގުތު ހޭދަކޮށް ލޯބި ކުރީ ކީއްވެ ހެއްޔެވެ.؟ ތިބާގެ ސަބަބުން އެ މީހެއްގެ ހިތް ކުދިކުދިވެ އޭނާ ތަހައްމަލުކުރި ވޭން އެނގޭހެއްޔެވެ.؟ ތިބާ ގެ ސަބަަބުން އޭނާ ލޮލުން އޮހޮރުނު ކަރުނައާއި، އެނާ ހަޔާތަށް އައި ބަދަލު އެނގޭ ހެއްޔެވެ.؟ ތިބާ އަކީ ކުށްވެރިއެއްކަމުގަ ގަބޫލު ނުކުރަމުހެއްޔެވެ.؟
އެ ހިތް އެދި ގޮވަނީ ތިބާއަށެވެ. ލޯބިން ހިދުކޮޅެއް ހޭދަ ކުރެވުނު ކަމުގައިވީނަމަވެސް އަނެކާގެ އިހުސާސްތައް ތަފާތުވެދާނެއެވެ.
ލޯބީގެ މާނައާއި އޭގެ ތަފްސީލަށް ބަލާލަމާ ހިނގާ
އިންސާނާގެ ބޭނުންތަކަކީ ދުވަހަކުވެސް ކޮޅުންލާނެ އެއްޗެއްނޫނެނެވެ. އެއްޗެއް ލިބިއްޖެނަމަ ލިބޭ މިންވަރު މަދުވެގެން އުޅޭ މީހުންވެސް ދުނިޔޭގަ އެހާމެ ގިނައެވެ. އަދި ނުލިބިއްޖެނަމަ ހޯދަންއުޅޭ އުޅުމަކީވެސް ހަމަ އެކަހަލަކަމެކެވެ. ލޯބި ކާމިޔާބުކުރުމަށް ކޮންމެފަަދަ ގުރުބާނީއެއްވާ މީހުން މިއީ ނިސްބަތުން ގިނަބައެކެވެ. ނަމަވެސް ކަމެެއް ކިތަންމެ ބޭނުންވި ނަމަވެސް އެއިން ތިމާއަށް ފައިދާއެއްނެތް އަދި ތިމާ އެދޭގޮތަށް އެކަން ނުވެދާނެކަން އަމިއްލަ ނަފްސަށް އެނގުމުން ދުރުވާންވެސް ބައެއްމީހުން މަސައްކަތް ކުރެއެވެ.
މި ފަދަ މީހުން ކަމުގެ ހަނގީގަތް ހޯދާ ހަނގީގީ މިސްރާބަށް ވާސިލްވުމަށް މަސައްކަތް ކުރާނެއެވެ. އޭނާ އެދޭނީ އަނެކާއަށް ހެޔޮކޮށް ހިތުމާއިއެކު ތިމާގެ ނަފްސުގެ އަގުވަޒަން ކުރުމެވެ.
އެފަދަ މީހުން ހިތްއެދޭއެދުންތަކާއި ހަނގުރާމަ ކުރާނެއެވެ. އޭނާގެ ސިކުނޑީގެ ވިސްނުމާއި، ހިތް ބުނާ ގޮތާއި ކުރާ ހަނގުރާމައިން ކުރެވޭ ކާމިޔާބީއަކީ އޭނާގެ މުސްތަގްބަލަށް އެޅޭނެ ވަރުގަދަ ބިންގަލެއް ވެސް މެއެވެ. ހިތާއި ސިކުނޑީއާ އަބަދުމެ ހަނގުރާމަކޮށް ކާމިޔާބުވާ މީހާއަކީ ދުނިޔެ އާރާސްތު ކުރާނެ މީހެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ކެޓަގެރީގެ މީހުން ހިމެނެނީ ބުއްދިވެރިންގެ ތެރޭގައެވެ. އޭނާ ކޮންމެ މިސްރާބަކަށްވެސް ވާސިލްވާން މަސައްކަތް ކުރާނެއެވެ. ނަމަވެސް އޭނާ އަށް ނުއުފުލޭވަރުގެ ބުރައެއް އޭނާ ކޮނޑުގައެއް ނާޅާނެއެވެ.
ލޯބީގެ މާނައިންވެސް މިކަންކަން ހިނގަނީ މިބުނާ ބީދައިންނެވެ. މިފަދަ މީހުން މުޅި ހަޔާތުގައި ބޮޑެތި ޑިސިޝަން ނަގާނެއެވެ. އެއީ ހަމަހަމަ ވިސްނުމާއި ބުއްދި އިސްކުރެވޭ މީހުންނެވެ. އެނގިހުރެ ކަރުނައަޅަން ބޭނުންނުވާ މީހުންނެނެވެ. ހިތާ ނަފްސު ކަރުނައިގެ ކޯރެއްގައި ފަތަން ބޭނުންނުވާމީހުންނެވެ.
ދުނިޔެ ދަތުރުކުރަނީ ތޮށަލި ދުޅައަކަށެވެ. އަޑިގަޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގެ ދަތުރުވެސް ހުންނާނީ މި ބުނާ ގޮތަށްކަން ޔަގީނެވެ.
ލޯތްބާއި ކުލުނާއި އޯގާތެރިކަންވެސް ވަނީ ދެ ލޯތްބާއިވެސް ގުޅިފައެވެ. ކޮންމެމީހަކުވެސް ލޯތްބަށް ސަލާން ޖަހަމީހަކަށް ނުވުމަށް އުއްމީދު ކުރާނެކަންޔަގީނެވެ. ނަމަވެސް އެ ހަނގީގަތާ ޙިލާފަށް މީހާ ބަދަލުކޮށްލަނީވެސް ލޯތްބެވެ. ލޯތްބަށް ދީވާނާ ވެފައިވާ އާވާރާއެއްފަދައިން ލޯބިން ސަލާންޖަހަމުން ދުވަން މަޖުބޫރު ކުރުވަނީވެސް ލޯތްބެވެ. އެއީ ކީއްވެ ހެއްޔެވެ.؟ އޭނާގެ ތަގްދީރު ހެއްޔެވެ.؟ އެހެން އެކަންވެގެންނުވާނެއެވެ. މިއީ މިއަދު އެތައްބައެއްގެ ހިތުގެ އުދާސްތަކެކެވެ.
ޅަ އުމުރުގައި މާބުރާ ކޮކާތަކެއްފަދައިން އުދުހިއުޅުނު ކިތައް މީހުން މިއަދު އެތިބީ މިލާ މޯޅިވެފަ ހެއްޔެވެ. ދުނިޔޭގެ އުފާތަކާ ލައްޒަތުވެސް ލިބުނުމީހުންގެ ތެރޭން އޭނާވެސް ވާނެއެވެ. އެއީ ފަހަރެއްގަ ކުށެއް ކަމުގައިވެދާނެއެވެ. މިއަދު އޭނާ ބޭނުންވަނީ އެދުވަސް ހަނދާން ނައްތާލާށެވެ.
އެކަނި ގަހެއްގެ ހިޔަލުގައި އިނދެގެން އެ މާޒީ ހަނދާންކުރުން އެއީ ވޭން ހުރި ކަމަށެވެ. ނަމަވެސް ލޯތްބާއި ދޭތެރޭ ވިސްނާ ފިކުރު ހިންގާލުން ނޫން ގޮތެއް ނެތްކަން އޭނާ އަށް ޔަގީންވާނެއެވެ. ލޯބީގެ ބާވަތާއި ލޯބީގެ ގުޅުން އަންނަ ހިސާބަށްވެސް ޖެހިލުމުން އެނގިގެންދަނީ މި ބުނާ މާނަޔާ ފުން ވިސްނުންތަކެވެ.
ލޯބީގެ ބަދަލްތަކާއި ލޯބި އުފެދޭގޮތާއި، ގުޅުންތަކައް ދައުރުވަމުންދާ ގޮތެވެ. ފިކުރު ހިންގާލުމުން އެނގިގެންދަނީ ލޯތްބަކީ އަގުހުރި ހަޒާނާއެއް ކަމުގައެވެ. ނަމަވެސް އޭގެ ބޭނުން ކުރަންނޭގިއްޖެނަމަ އެއީ ޒަހަރެއްފަދަ ބުއިމެއްގެ ގޮތުގައި ވެދެއެވެ. މި ފަދަ ލޯބިން އަރައިގަނެވޭނީ ތިމާ ހިތައްވެރިވާ ލޯބި ސިނކުޑިން ފުރިހަމަޔަށް ވިސްނާ އެއަށް ވާސިލްވެވިގެންނެވެ.
ލޯތްބަކީ ތަފާތު ގިނަގުނަ އިހުސާސްތައް އެކުލެވޭ ގުޅުމެކެވެ. އޭގެ ތެރޭގައި ގިނަ ފަހަރަށް ލޯތްބާއި އަޅާލުމާއި ހަމްދަރުދީ އާއި ކުލުނުވެސް ހިމެނެއެވެ. މީހަކު ނުވަތަ އެއްޗަކަށް ނުވަތަ ތަނެއްދެކެވެވޭ ލޯތްބާއި ގުޅުމާ އިހުސާސްތައް ވެސް ހިމެނެނެނީ ލޯބީގެ މާނާގައެވެ. ފުރިހަމަ މާނާއިގައި ލޯތްބަކީ އޯގާތެރިކަމާއި ގުރުބާނީއެވެ. ލޯބިން އަމިއްލަ ނަފްސު ގެއްލުވާލުމަކީ ވެސް ލޯބީގަ ބަޔެއްމީހުންނަށް ކުރެވޭ ވޭންދެނިވި ކަމެކެވެ.
ލޯތްބާއި ގުޅިފައިވާ ކަންކަމަށްބަލާއިރު، އެއިން ދިރިއުޅުމަށް އުފާވެރިކަމާއި ފުރިހަމަ މާނަ ގެނެސްދެވެއެވެ.
ލޯބީގެ ތަފާތު ގުޅުންތައް ހިމޭނއިރު، އޭގެ ތެރޭގައި ހިމެނެނީ، ރޮމޭންޓިކް ލޯތްބާއި، ޢާއިލީ ލޯތްބާއި، ރަހުމަތްތެރިކަމުގެ ލޯތްބާއި، އަމިއްލަ ނަފްސަށްވެވޭ ލޯތްބާއި، އަނިޔާވެރި ލޯތްބާއި، ކުލުނު ލޯބި މިކިޔާ ޒާތްޒާތުގެ ލޯތްބެވެ.
ރޮމޭންޓިކް ލޯބި:
މިއީ ޖިސްމާނީ ޝައުގުވެރިކަމާއި ނަފްސާނީ ގުޅުން ހިމެނޭ ލޯބި
– ޢާއިލީ ލޯބި:
މިބާވަތުގެ ލޯތްބަކީ ޢާއިލާތަކުގެ ތެރޭގައި އޮންނަ ލޯތްބެއް، މައިންބަފައިންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ މެދުގައި އޮންނަ ވަރުގަދަ ގުޅުމާއި އަޅާލުމާއި އެހީތެރިކަން ހިމެނެއެވެ.
. ޕްލެޓޯނިކް ލޯބި:
ޕްލެޓޯނިކް ލޯތްބަކީ ޖިންސީ ގުޅުމެއް ނެތް ލޯތްބާއި ފަރުދުންގެ މެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމެވެ. އޭގެ ތެރޭގައި ރޮމޭންޓިކް ނުވަތަ ޖިންސީ ޝައުގުވެރިކަމެއް ނެތި ނަފްސާނީ ގާތްކަމާއި ވަފާތެރިކަމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުން ހިމެނެ އެވެ.
އަމިއްލަ ނަފްސަށް ލޯބިވުން:
މިއީ އަމިއްލަ ނަފްސަށް ކުރާ އިހުތިރާމާއި ތައުރީފެވެ. އެއީ އަމިއްލަ ނަފްސު ބަލައިގަތުމާއި އަމިއްލަ ނަފްސަށް އަޅާލުމާއި އަމިއްލަ ނަފްސަށް އޯގާތެރިވުން ހިމެނޭ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.
ލޯތްބެއް އުފެއްދުމަކީ ތިމާ އުފައްދަން ބޭނުންވާ ލޯބީގެ ބާވަތަށް ބަލައި ތަފާތުވާ އެއްޗެކެވެ. ލޯބީގައި އެންމެ މުހިންމު އެއްޗަކީ އިތުބާރާއި ނަފްސާނީ ގާތްކަމެވެ. ކޮންމެ ގުޅުމެއްގައި ވެސް އިތުބާރާއި ނަފްސާނީ ގާތްކަން އުފެއްދުމަށް ޓަކައި މުއާމަލާތްތަކީ ވަރަށް މުހިންމު އެއްޗެކެވެ. އަޑުއެހުމާއި އޮންނަ ގުޅުން ވަރަށް މުހިންމެވެ.
ތިމާގެ ޚިޔާލާއި އިޙްސާސްތަކާއި ތަޖުރިބާތައް އިޚްލާޞްތެރިކަމާއެކު ޙިއްޞާކޮށް، އަނެއްމީހާއަށް ވެސް އެކަމަށް ހިތްވަރު ދެވޭނެއެވެ.
ތައުރީފާއި އޯގާތެރިކަން ދެއްކުމާއިއެކު ޝުކުރުވެރިވުމާއި އޯގާތެރިކަން ފާޅުކުރުމަކީ ގުޅުންތައް ބަދަހިކޮށް، ގުޅުންތަކުގައި އޯގާތެރިކަމުގެ އިހުސާސް އުފައްދައިދެވޭނެ ކަމެކެވެ. ހިނިތުންވުމާއި ބޮސްދިނުމާއި ވިސްނުންތެރިކަމާއިއެކު ލޯތްބިން އަޅާލުންވެސް މީގެ ތެރެއިން ހިމެނެއެވެ.
ވަގުތާއި މަސައްކަތް ކުރުމުގައިވެސް އެކުގައި ކޮލިޓީ ޓައިމް ހޭދަކޮށް ކުރިއަށްދެވޭނެވެސް މެއެވެ.
ގުޅުމަށް އިސްކަން ދިނުމަށް މަސައްކަތް ކުރުމަކީ ތިމާގެ އަޒުމް ދައްކުވައިދޭ އަދި ނަފްސާނީ ގުޅުންތައް ވަރުގަދަކޮށްދޭ ކަމެކެވެ. އެއްބާރުލުމާއި ހަމްދަރުދީގެ ތެރެއިން ލޯބި މާނަ ދައްކުވައިދެއެވެ. ރަނގަޅު ވަގުތުތަކާއި ގޮންޖެހުންބޮޑު ވަގުތުތަކުގައި ވެސް މީހަކަށް ޓަކައިހުރުމަކީ ވަރަށް މުހިންމުކަމެކެވެ.
އިޙްތިރާމް އަދާކޮށް އަނެކާގެ މިންގަނޑުތަކާއި އަޚްލާޤާއި އަމިއްލަވަންތަކަމަށް އިޙްތިރާމްކޮށް އެއްކިބާވެ ޤަބޫލުކުރެވޭ މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކުގެ ހަރުދަނާކަން ފާހަގަކޮށް، އެކަކު އަނެކަކުގެ ބަލިކަށިކަން ޤަބޫލުކޮށް، ތިމާއަކީ ކާކުކަން އެކަކު އަނެކަކުގެ ގައިގައިލާމެހިގެންދާނެވެސް މެއެވެ.
އަމިއްލަ ލޯތްބާއި އަމިއްލަ ކުރިއެރުން ހޯދުމަކީ އެހެން މީހުން ދެކެ ލޯބިވުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. ތިމާގެ ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީ ތިމާގެ ޝައުގުވެރިކަން ކުރިއަށް ގެންގޮސް، ތިމާގެ އެންމެ ރަނގަޅު ވާޝަނަކަށް ވުމަށް މަސައްކަތްކުރަންވާނެއެވެ.
ލޯތްބަކީ ހަރުދަނާ ކުރެވޭނެ ކުރިއަށްގެންދެވޭނެ ޕްރޮސެސްއެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވީއެވެ.
އެކަމަަަކު ހަގީގީ މިސްރާބަށް ވާސިލްވުމަށް ތިމާއަކީ ގޮތްނިންމޭ މީހަކަށްވާން ޖެހޭނެއެވެ. ލޯބި ވިޔަސް އޭގެ މައްޗަށް ބާރުފޯރުވެވޭ މީހަކަށް ވާންޖެހޭނެއެވެ. މި ހަގީގަތާ ކުރިމަތި ނުލެވިއްޖެނަމަ މުޅި އުމުރު ވޭނާއި ހިތާމަތަކުން އަރައި ނުގަނެވި ގަނެތެޅޭ މިހަކަށްވެދާނެއެވެ.
ހިތާ ސިކުނޑިއާ ދެކޮޅަށް ހަނގުރާމަކުރެވޭ ފަހުލަވާނަކަށް ތިމާވާން ޖެހޭނެއެވެ.

