ސައި ވިއްކައިގެން މުޅި ދުނިޔޭގެ ސަމާލުކަމަށް އައި އިންޑިޔާގެ ޑޯލީ ޗާއި ވާލާ ސޯޝަލް މީޑިޔާއަށް ދޫކޮށްލި ދިވެހިރާއްޖޭގެ ރިސޯޓެއްގެ އަތިރިމަތީ ހުރެ ފަތުރުވެރިންތަކަކަށް ސައިހަދާ މަންޒަރު ފެންނަ ވީޑިއޯ ވައިރަލްވެ ގިނަބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.
1998 ވަނަ އަހަރު އުފަންވި ޑޮލީ ޗައިވާލާގެ އަސްލު ނަމަކީ ސުނިލް ޕަޓޭލް އެވެ. ޑޮލީ ޗައިވާލާއަށް އިންސްޓަގްރާމާއި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ ފޭން ފޮލޯކުރާ އިރު، އޭނާގެ ރީލްތަކާއި ފޮޓޯތައް ވެސް ގިނަ ބަޔަކު ޝެއާރ ކުރެއެވެ.
ޑޮލީ ޗައިވާލާ މުޅި ދުނިޔޭގެ ސަމާލުކަމަށް އައީބިލް ގޭޓްސްއާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުވުމާ ގުޅިގެންނެވެ. ޑޯލީ އަނަންތު އަމްބާނީގެ ޕްރީ ވެޑިން ބޭޝްގައި ވެސް ބައިވެރިވެފައިވާއިރު ބޮލީވުޑް ތަރިންނަށްވުރެ އޭނާއަށް ލިބިގެންދިޔަ ސަމާލުކަން މިހަފުލާގައިވެސް ބޮޑެވެ.
ޑޯލީ ޗާއިވާލާ އަކީ އިންޑިޔާގެ އާދައިގެ ސައި ވިއްކާ ޒުވާނެއްކަމަކު އޭނާ އަކީ މިއަދު ދުނިޔޭގެ ގިނަ މީހުންނަށް އެނގޭ އަދި އެތައް ބައެއްގެ ލޯބި ލިބިފައިވާ ޒުވާނެކެެވެ.
ޑޯލީ ރާއްޖެ އައީ މިއަހަރުގެ މާރިޗް މަހުގެ ފަހުކޮޅު، އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންގެ ދައުވަތަކަށެވެ. ޑޯލީ އޭނާގެ ރާއްޖޭގެ ޗުއްޓީ ނުހަނު އުފަލުގައި ހޭދަކުރީ މާލެ އަތޮޅުގެ އަދާރަން ހުދުރަންފުށީގައެވެ. ޑޯލީގެ ރާއްޖޭގެ ދަތުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީތަކުގައިވެސް ލިޔެވުނުމެއެވެ.
ރާއްޖެ އައިތާ މަސް ދުވަސް ފަހުން ޑޯލީ ރާާއްޖޭގެ ރިސޯޓުގެ އަތިރިމަތީގައި ހުރެ ގެސްޓުންތަކަކަށް ސައި ހަދާ މަންޒަރު ދައްކުވައިދޭ ވީޑިޔޯއެއް އިންސްޓަގްރާމަށް ދޫކޮށްލުމާއެކު އެވީޑިޔޯ ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ދަމައިގަނެފައެވެ.
މިހާރުވެސް ސޯޝަަލްމީޑިޔާގައި ދައުރުވަމުންދާ މިވީޑިޔޯއަށް އެއް ދުވަސް ތެރޭ ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކް ކޮށްފައިވާއިރު، މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ޝެއާ ކޮށްފައިވެއެވެ.

