ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.
އެ ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކާއި އެކު ފޯރުކޮށްދެވޭ މަޢުލޫމާތު ސެޝަންތަކެކެވެ. އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މި ޕްރޮގުރާމްއަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ގުރައިދޫޫ މަރުކަޒުގައި ޚިދުމަތް ހޯދާފަރާތްތަކަށް މުޖްތަމަޢުއަށް ނެރުމަށް އަހުލުވެރި ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގުރާމެއް ކަމަށެވެ.

ކ. ގުރައިދޫ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފެށުން
މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެެވެ.
" މި ޕްރްގުރާމްގެ ބޭނުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެހީތެރިވެދިނުން. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ނަރުހުންނާއި ސޯޝަލް ވާކަރުން" އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އެ ވުޒާރާއިން ކުރިއަށް ގެންދިޔަ އެ ސެޝަންގައި މަޢުލޫމާތު ދެވިފައިވަނީ ދުޅަހެޔޮސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުޙިއްމު ކަމުގެ މައްޗަށް ކަމަށްވެސް ބުނެފައި ވެއެވެ. މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

