ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުރީ 4- ފޫޓާއި 6 ފޫޓާއި ދެމެދުގައި ކަމަށެވެ.
“ހޫވަދޫ މީޑިއާ” އަށް މައުލޫމާތު ދެމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ކެރީގެ އަސަރު ފޯރާ ގުގުރި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ރަނގަޅު ވާނެކަމަށެވެ. މިއަދު މޫސުމުގައި ވަކީ ޙާއްސަ ސަމާލެއް ވެސް އެއިދާރާއިން ނެރަފައެއް ނެތެވެ.

