މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ގެ ނަމުގައި ފޭސްބުކް ވަގު އެކައުންޓެއް ހަދައި ސައްހަނޫން މެސެޖް ފޮނުވަމުންދާތީ ސަމާލުވުމަށް އެދިއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. ވަޖީހު ވިދާޅުވީ އޭނާގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިގެން ސައްހަނޫން މެސެޖް ތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެ އެކައުންޓުން ކުރާ މެސެޖް ތަކަށް ސަމާލުކަން ނުދެއްވައި އެކައުންޓް ރިޕޯޓް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަޅުގަނޑުގެ ނަމުގައި ފޭކް އެކައުންޓެއް ހަދައިގެން ޞައްޙަ ނޫން މެސެޖްތަކެއް ދަނީ ކުރަމުން. ވީމާ، އެންމެހައި ފަރާތްތަކުން މި އެކައުންޓްއިން ކުރާ މެސެޖްތަކަށް ސަމާލުކަން ނުދެއްވައި އެކައުންޓް ރިޕޯޓްކޮށް ދެއްވުމަށް އެދި ދަންނަވަން- ސީއީއޯ ވަޖީހް
އެމްޕީއެލްގެ ސީއީއޯ ނަމުގައި ފޭސްބުކް ވަގު އެކައުންޓެއް ދައުރު ކުރަމުންދާ އިރު، އެމްޕީއެލްގެ ހިންގުމަށް ހެޔޮ ބަދަލު ގެނެސް، ކުންފުނިން ފޯރުކޮށްދޭ އިތުރު ހިދުމަތްތައް ވަނީ ތައާރަފްކޮށްފަ އެވެ.

