ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.
އެ ކުއްޖާ ގެއްލިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުއްޖާގެ ފޮޓޯއާއެކު ވަނަވަރު އާންމުކުރީ އިއްޔެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ އެވެ. އޭނާ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން އޭރު ބުނެފަައިވެއެވެ.
ޔަލްވީ ފެނިއްޖެކަން ހާމަކޮށް ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ޔަލްވީ ގެއްލިގެން މިދިޔަ ފެބްރުއަރީ މަހު ވެސް ފުލުހުން އިޢުލާނުކުރިއެވެ.

