މީގެ ތިން އަހަރުކުރިން ތަރައްގީ ކުރަންފެށި މ. މުލީ އެއާޕޯޓަށް މުވައްޒަފުން ނަގަން ތައްޔާރު ވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މުއައްޒަފުން ނެގުމާއި މުއައްޒަފުންނަށް ދޭން ބޭނުންވާ ތަމްރީނުތައްކަށް ތައްޔާރު ވަމުންދާ ކަމަށެވެ.
“އެއާޕޯޓް މުވައްޒަފުންނަށް ދޭން ޖެހޭ ޚާއްސަ ޓްރެއިނިންތައް އެބަހުރި. މިހާރު މުވައްޒަފުން ނެގުމަށް އިޢުލާން ކުރުމަށް އަންނަނީ ތައްޔާރުވަމުން،” މުބީން
މީގެ އިތުރުން މުބީން ފާހަގަކުރެއްވީ އެއާޕޯޓް ހުޅުވުމުގެ ތިން ހަތަރު މަސް ކުރިން ޓްރެނިންތައް ދޭން ފަށަން ޖެހޭނެ ކަމަށެވެ. އެހެންނޫން ކަމުގައިވާނަމަ އެހެން އެއާޕޯޓަކުން ތަމްރީނު ލިބިފައިވާ މުއައްޒަފުން ގެންނަން ޖެހޭނެ ކަމަށެވެ.
މުލީ އެއާޕޯޓް ތަރައްގީ ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްގެންނެވެ.

