ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެ މަގުބޫލުވެގެން ދިޔަ ހިންދީ ފިލްމު ޖުނޫންގެ "ޕްރޭމް، ޕްރޭމް، އޯމެރެ ދިލްރުބާ،" މިލަވައިގެ ރާގަށް ކިޔާފައިވާ "ޕްރޭމް ޕްރޭމް ލޯމެރި ހިތްއުފާ،" ލަވައިގެ އިތުރު ތައާރަފަކަށް ދާން ނުޖެހޭ ވަރަށް ދިވެހިންނަށް މިލަވަ ރައްޓެހިވާނެކަން ޔަގީނެވެ. ބާބޫސުބްރަމަނިއަމާއި އަނޫރާދާގެ އަޑުން ހިތްތަކަށް ފޯރުވި އަސަރު އިތުރުކޮށްލީ ދިވެހި ލަވައެވެ. ދިވެހިލަވައިގެ 3 ވީޑިޔޯ ކުޅެފައިވާއިރު މަރިޔަމް ނިޝާއާއި ޑިސްކޯ ސަލީމްގެ ފަރިހަރަކާތްތަކަށްވުުރެ ފުރިހަމަ ހަރަކާތްތަކެއް ގްރީންސްޓޫޑިއޯއިން ތައްޔާރުކޮށް ދިވެހިންގެ ތެރެއަށް ދޫކޮށްލުމާއެކު ގިނަ ބައެއްގެ މަގުބޫލުކަން އެލަވައަށް ލިބިގެންދިޔައެވެ. އަދި މިހާރު މިލަވަ މިވަނީ ޔޫޓިއުބްގެ މިލިއަން ވިއުސް ހޯދާފައެވެ. ޔޫޓިއުބުން މިވަރުގެ ކާމިޔާބީއެއް ދިވެހިލަވައަކަށް ލިބުމަކީ ބޮޑު ފަހުރެއްކަން ޔަގީނެވެ.
ޔޫޫޓިއުބުން މިލިއަން ވިއުސްގެ ބޮޑު ކާމިޔާބެއް ހޯދިކަމުގެ އުފާ ފާޅުކޮށް މިލަވައިގެ މަސައްކަތް ކޮށްފައިވާ ސްޓޫޑިއޯއިން ވަނީ މިކަން ފާހަގަކޮށްފައެވެ. އަދި ލަވައިގައި ހަރަކާތްތެރިވެފައިވާ 3 ފަންނާނުން، އެ ލަވައިން ފެންނަ ހެދުންތަކުގައި ފެނުމަކީ މިލަވައިގެ ފޭޭނުންނަށް ލިބުނު ވަރަށްބޮޑު އުފަލެއް ވެސް މެއެެވެ.

ލޯމެރިހިތްއުފާ ގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން….ގްރީން ކާޕެޓް ސްޓޫޑިއޯ
ހުވަދޫމީޑިޔާއިން ގްރީން ކާޕެޓް ސްޓޫޑިއޯ ގެ މިކާމިޔާބީއަށް ހޫނު މަރުހަބާއެއް ކިޔުމާއެކު މިލަވައާ ބެހޭ ގޮތުން އިތުރަށް އޮޅުން ފިލުވާލީމެވެ.
ގްރީން ކާޕެޓް ސްޓޫޑިއޯ އިން މީގެ އެއް އަހަރު ކުރިން އުފެއްދި "ޕްރޭމް ޕްރޭމް" ލަވައަކީ އެސްޓޫޑިއޯގެ ފުރިހަމަ ސައްތައިންސައްތަ މަސައްކަތެކެވެ. ގްރީން ކާޕެޓް ސްޓޫޑިއޯ އަކީ ށ މިލަންދޫއަށް އުފަން ފަންނުުވެރި އަދި އެހާމެ ހަރުދަނާ ޒުވާނުން ހިންގާ، ހުރިހާ ވައްތަރެއްގެ ސްޓޫޑިއޯ މަސައްކަތް ކުރާ ތަނަކަށް ވުމުގެ އިތުރަށް އެރަށުގެ މީހުން ފަހުރުވެރިވާ ތަނެއްކަންވެސް ފާހަގަކޮށްލަމެވެ.
"މިލަވަ އަކީ މިދިޔަ އަހަރު ށ މިލަންދޫ ސުކޫލަށް 75 އަހަރު ފުރުމުގެ މުނާސަބާގައި، ރަށުގެ ހުރިހާ މުވައްސަސާ ތަކަކުން އެކުވެގެން ގެނެސްދިން ފަންޑްރައިޒް ސިނަމާއަކަށް ކޮންމެ މުވައްސަސާއަކުންވެސް ކޮންމެވެސް އެއް ހަރަކާތެއް ގެނެސްދިނުމުގެ ތެރޭ ފެނަކަ ކޯޕަރޭޝަނުން ގެނެސްދިން ކަރަންޓް ރިވޮލިއުޝަން އައި ގޮތް ދައްކުވައިދޭ ޑްރާމާއަށް ކުޅެފައި އިން ލަވައެއް، އެއީ މިލަވައިގެ އަސްލު ވާހަކައަކީ، މިލަންދޫގެ ތާރީހީ ވާހަކައެއް ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި މާކަނޑޫދޫ ބަޔަކު މިރަށަށް ބަދަލުކުރި ވާހަކައެއް އޮންނާނެ، އެވާހަކަ މައިގަނޑަކަށް ނަގައިގެން ހެދި ކުރުކުރު ފިލްމެއް،"

ލޯމެރިހިތްއުފާ ގެ ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން….ގްރީން ކާޕެޓް ސްޓޫޑިއޯ
ގްރީން ކާޕެޓް ސްޓޫޑިއޯ އިން މައުލޫމާތު ދެމުން ބުނީ މިލަވައިގައި ހަރަކާތްތެރިވާ 3 ޒުވާނުންނަކީވެސް ފެނަކައިގެ 3 މުވައްޒަފުންކަމުގައެވެ.
އަލީ އީނާސް، މުހައްމަދު ޝާމް އަދި އައިޝަތު ނާހިދާގެ ފަރިފަރި ހަރަކާތްތައް ފެނިގެންދާ "ޕްރޭމް ޕްރޭމް" އަކީ ގްރީންސްޓޫޑިއޯގެ ސައްތައިންސައްތަ މަސައްކަތެކޭ ބުުނާ ސަބަބަކީ ލަވައިގެ އެޑިޓިން، ޑަބިން، ކެމެރާ މިހެން ގޮސް ހުރިހާ ކަމަކީވެސް އެ ސްޓޫޑިއޯގެ މަސައްކަތް ކަމަށްވާތީއެވެ.
"ވަރަށް ހާއްސަ ޝުކުރެއް ފެނަކައަށް ދޭން ބޭނުން މި ފުރުސަތުގައި، މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ މިރަށުގެ ފެނަކައަށް،"
ގްރީން ކާޕެޓް ސްޓޫޑިއޯ އަކީ އެންމެ ޒަމާނީ ހުރިހާ އާލާތްތަކެއް ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައ ސްޓޫޑިއޯ ހުރިހާ މަސައްކަތެއް ކުރާއިރު ކެރިއޯކޭތައްވެސް ކުރިއަށް ގެންދާ ސްޓޫޑިއޯއެކެވެ. މީގެ ދެރޭ ކުރިން "ޕްރޭމް ޕްރޭމް" ގެ އެއްމިލިއަން ވިއުސް ލިބުނުކަމުގެ އުފާ ފާޅުކޮށް، ލަވައިގައި ހަރަކާތްތެރިވާ 3 ފަރާތާއެކު ސްޓޫޑިއޯގައި ވަނީ ފޯރިއާއެކު މި ކާމިޔާބީ ފާހަގަކޮށްފައެވެ.

