ހަނާ އަކީ ކުޑައިރުއްސުރެ ހިތުގެ މައްސަލަ ތަހައްމަލުކުރަމުންދާ ކުއްޖެކެވެ. އެކަމަށް އޭނާގެ މަންމަޔާއި ބައްޕަ ކެނޑިނޭޅި ކުރަމުންދާ މަސައްކަތުން ހިތުގެ އޮޕަރޭޝަނެއް ވަނީ 2020ވަނަ އަހަރު އިންޑިއާގައި ކުރެވިފައެވެ. އަދި އޭރު ހަނާ އޮޕަރޭޝަން ކުރީ ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ ހަނާ އަށް 5 އަހަރުގައި ދެވަނަ އޮޕަރޭޝަން ކުރަންޖެހޭ ކަމަށެވެ. ހަނާގެ ހިތުގެ އޮޕަރޭޝަނަށް ބޭނުންވަނީ ހިތަށް ޕަންޕެއް ލެއްވުމަށެވެ.

އެއީ ހިތުގެ ހުންނަން ޖެހޭ ހަތަރު ބައިގެ ތެރެއިން ތިންބައި އުފެދުމުގައިވެސް ނެތުމުން ކަމަށް ހަނާގެ މަންމަ ބުންނެވެ.
މިކަމަށް އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ރ. ދުވާފަރު ހައްވާ އަލީ އާއި، ޅ. ނައިފަރު ހުސެއިން މުހައްމަދުގެ ދެމެފިރިން އިންޑިއާއަށް ކުއްޖާ ގޮވައިގެން ދިޔައީ މި ޖޫން މަހުގެ 5 ވަނަ ދުވަހުގައެވެ. ލިބުނު އެހީތަކާއެކު ކުއްޖާގެ ފަރުވާއަށް އެދެމެފިރިން ގެންދަނީ އިންޑިއާގެ އެސްޓާރ މެޑިސިޓީގައެވެ.
ހަނާ އޮތީ މި ވަގުތު އައިސިޔޫގައެވެ. އެދެމެފިރިންތިބީ ވާނެ ގޮތެއްނޭނގިފައެވެ. ސަބަބަކީ މިހާރު ލިބިފަތިބި ލާރިންކުއްޖާގެ ބޭސްފަރުވާ އަވަސްކުރެވޭނެ ކަމާމެދުގައެވެ. ހުރުމާއި ކެއުމާ ކޮޓަރި ކުލިވެސް ދައްކަމުން ގެންދާއިރު ވަރަށް ބޮޑަށް ދަތިތައް ހުރި ކަމަށެވެ. ރަށުގައި ފާނަ މަސްވެރިކަން ކުރަމުންދިޔަ ހުސެއިން ހަނާގެ ބައްޕަ ،ވެސް ކުއްޖާ ގޮވައިގެން އިންޑިއާގައި ހުންނަން ޖެހުމުން އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއްނެތް ކަމަށް ހައްވަ ބުންޏެވެ.

ހަނާގެ މަންމަޔާއި ބައްޕަ އަދި ހަނާ
"ކުއްޖާގެ ފަރުވާއަށް ވަރަށް ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ. ސަބަބަކީ ކުއްޖާގެ ފަރުވާއަށް ފުލްކޮށް އާސަންދަ ނުލިބޭތީ. " ހައްވާ
ހައްވާ ބުނީ ހަނާގެ އޮޕަރޭޝަން އިންޑިއާއިން ކުރުމަށްޓަކައި އާސަންދައިން ހަމަޖެހިފައިވަނީ ބައެއް ކަމަށެވެ.
"އާސަންދައިންދެނީ ½ ބައި. އަދި ފަރުވާ ހޯދަން ޖެހޭ ހޮސްޕިޓަލަކީ އަގުބޮޑުތަނެއް. ނ އަމިއްލަ އަތުން ފަރުވާއަށް ޚަރަދުކުރަން ޖެހެނީ އެހެންވެ." ހައްވާ ބުންޏެވެ.
ހައްވަ އިތުރަށް ބުނީ ހުރުމާއި ކެއުމާއި ކުރަންޖެހޭ ޚަރަދުތަކަށް ވެސް ބޮޑު ހަރަދެއް ހޭދަވާ ކަމަށާއި، އަދި 2500 ޑޮލަރު ހޮސްޕިޓަލަށް ދައްކަން ޖެހޭ ކަމަށެވެ. އެވަރަށް އަމިއްލަ އަށް ދައްކަންޖެހޭއިރު، އަތުގައި ނެތް އެފައިސާ ދެއްކޭވަރަށް ނެތް ކަމަށެވެ. އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތުމުން އެކަމަށް ދީލަތި ފަރާތްތަކުގެ އެހީތެރިކަން މި ވަގުތު ބޭނުންވާ ކަމަށެވެ.

ކުއްޖާގެ ބަލީގެ ހާލަތު އަންގައިދޭ ލިއުމެއް
ގުޅޭނެ ނަމްބަރު: (ހަނާގެ މަންމަ) މި ވަގުތު އިންޑިއާގައި/ ގުޅޭނީ ވައިބާ ވަޓްސްއަޕްއިން
ހައްވާ އަލީ 7994277
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7730000266303 (ހަނާގެ ބައްޕަ/ ހުސެއިން މުހައްމަދު)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000390701 (ހަނާގެ ބޭބެ/ ހާމިދު މުހައްމަދު)
ނޯޓް: "ހުވަދޫ މީޑިއާގެ" އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވ

