ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑު އަލުން އެކުލަވާލާ، އެ އެޖެންސީގެ ޗެއާމަންގެ މަގާމަށް ހޯމް މިނިސްޓްތީގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން އައްޔަންކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޑީއޭގެ ބޯޑު އަލުން އެކުލަވާލުމަށް ފޮނުއްވި ސިޓީ، މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
އަލަށް އެކުލަވާލި ބޯޑުގައި ހިމެނެނީ ޖުމްލަ 10 މެންބަރުންނެވެ. ޗެއާމަން ލުބުނާ ބޯޑަށް އައްޔަންކޮށްފައިވަނީ ހޯމް މިނިސްޓްރީ ތަމްސީލުކުރާ ފަރާތެެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން ނުވަ ފަރާތެއް އެކި ވުޒާރާތަކާއި އޮފީސް އަދި އިދާރާތައް ތަމްސީލުކުރާ ގޮތަށް ބޯޑަށް އައްޔަންކޮށްފައިވެ އެވެ.
ޑެޕިއުޓީ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ (ރައީސް އޮފީސް)
ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު (ހެލްތު މިނިސްޓްރީ)
ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ރަޝީދު (ޔޫތު މިނިސްޓްރީ)
ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ (އެޑިއުކޭޝަން މިނިސްޓްރީ)
ލެފްޓަނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ (އެމްއެންޑީއެފް)
ޗީފް ސުޕްރިންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު (ޕޮލިސް)
ޑެޕިއުޓީ ޗީފް ސުޕްރިންޑެންޓު އަހުމަދު ސިމާހު (ކަސްޓަމްސް)
ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ (އިމިގްރޭޝަން)
އަހުމަދު އަބްދުއްސައްތާރު (ޖާނީ ޖަމިއްޔާ)
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

