މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެފައިވަނިކޮށް ފުލުހުން، ވައްކަންކުރި މީހާ ހޯދާ އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިސްކިތްތަކުން ވައްކަން ކޮށްގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުލުރުމުން 15 ދުވަހުގެ މުއްދަތެއްދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މާލޭ މިސްކިތްތަކުން އެކިފަހަރުމަތިން ވައްކަންކޮށްގެންް 21 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިއީ އަހަރުގެ މިހާތަނަށް މިސްކިތްތަކުން ވައްކަން ކޮށްގެން ހުށައެޅިފައިވާ އަދަދު ކަމަށެވެ. ވައްކަމުގެ މި މައްސަލަތަކުގައި މިހާތަނަށް ހޯދިފައިވަނީ 6 ފަންކާ،އަކާ 2 ފޯނެއްގެ އިތުރުން ފެންމޯޓަރެއް ކަމަށްވެސް ފުލުހުން ވަނީ ބުނެއެވެ.
މޭލެ މިސްކިތްތަކުން ވައްކަންކޮށްގެން ފުލުހުންނަށް ހުށައެޅުނު އަދަދުކަމަށް ފުލުހުން މިއަދު ހާމަ ކޮށްފައިވާއިރު އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގާފައިވާ ކަން، މާލެ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައިވެސް ވަނީ މާލެ ތަގުވާ މިސްކިތުން ހަތް ފަންކާއެއް ވަގަށް ނަގާފައެވެ. އަދި ދަރުމަވަންތަ މިސްކިތުން ވެސް ފަންކާއެއް ވަގަށްނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.

