މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްޓެލްކޯއިން މޯލްޑިވިއަން ބްލަޑް ސާރވިސަސްއާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މި ހަރަކާތަކީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެގޮތުން ސްޓެލްކޯއިން ފާހަގަ ކޮށްފައިވާ ގޮތުން އެކުންފުނީގެ ގިނައަދަދެއްގެ މުއައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމުގައި ބައިވެރިވެފައެވެ.
މި ގޮތުން މި ހަރަކާތުގައި އެކުންފުނީގެ 100 އަށްވުރެ ގިނަ މުއައްޒަފުން ވަނީ ބައިވެރިވެފައި ކަމަށްވެސް ބުނެފައި ވެއެވެ.
https://Twitter.com/STELCOMALDIVES/status/1805979095093911691?t=lE921UTsaTursANMCJ1MNg&s=08
މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި އެކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުދަންނަވާ ކަމަށްވެސް ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

