ވެމްކޯގެ ފަރާތުން “ފައްޓަމާ” ޢާއިލީ ހަވީރުގެ ނަމުގައި މާދަމާ 16:15 ގައި ކުޅުދުއްފުށީ ސިޓީގެ ރަށްމަތިފަންނުގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ޢާއިލީ ހަވީރަކީ މަޖާ މާހައުލެއްގެ ތެރެއިން ވެމްކޯއާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ވެމްކޯގެ ޚިދުމަތްތަށް އަލަށް ފަށަމުން އަންނަ ރަށްތަކުގައި ވެމްކޯއިން ބާއްވަމުން އަންނަ ޢާއިލީ ހަވީރެކެވެ. މީގެ ކުރިންވެސް ވެމްކޯއިން ވާނީ މި ހަވީރު ކާމިޔާބު ކަމާއި އެކު ތިނަދޫ ސިޓީ އަދި ކ މާފުށީގައި ބާއްވާފައިވެއެވެ.
11 ޖޫން 2024 އިން ފެށިގެން، ވެމްކޯއިން ދަނީ ކުޅުދުއްފުށި ސިޓީގައި ރަޖިސްޓްރީކުރެވިފައިވާ ގޭބިސީތަކުންދަނީ ދުވާލުކުނީގެ ގޮތުގައި އުފެދޭ ކުނި ނަގާ ޙިދުމަތް ފޯރުކޮށްދެމުން ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.
"ފައްޓަމާ" ނަމުގައި ޢާއިލީ ހަވީރެއް ވެމްކޯއިން ކުޅުދުއްފުށި ސިޓީގައި ބާއްވަނީ

