އަމީރު އަހުމަދު މަގުގައި ހުންނަ މާލޭ ކޮމާޝަލް ބޭންކު ކުރިމަތީގަ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސަރަހައްދުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށާއި، ނަމަވެސް އެކްސިޑެންޓް ހިނގަން މެދުވެރިވީ ކީއްވެ ކަމެއް ބުނެފައެއް ނުވެއެވެ.
މި އެކްސިޓް ހިނގައިދިޔަ ގޮތް މިހާރު ތަހުގީގް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

