ގައުމަށް ދިމާވެފައިވާ މާލީ ހާލަތާ ގުޅިގެން ހަރަދުކުޑަކުރަން ނިންމި ނަމަވެސް މުސާރަ ކުޑަކޮށް އެއްވެސް މުއައްވަޒަފަކަށް ނެގެޓިވް ބަދަލެއް ނައަންނާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މި އަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި ބައެއް މަސައްކަތްތަކަކީ އެއް މަސައްކަތާއި އަނެއް މަސައްކަތާއި ގުޅުމެއްވާ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ކަންތައްތައް އެއްކޮށްލާ، އެފިޝަންސީ އިތުރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވިދާލުވިއެވެ.
މީގެ އިތުރުން ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތަކމިއަދުން ފެށިގެން ފައްޓާނެ މަސައްކަތެއްކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އަދި ކުންފުނި ރީސްޓްރަކްޗަރ ކުރިޔަސް މީހުން ކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ކުންފުނީގެ އައު ޓާމިނަލަށް އަދިވެސް މުވައްޒަފުން ބޭނުންވާ ކަމަށާއި، ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ އިނާޔަތަށް “ނެގެޓިވް ބަދަލެއް” ނާންނާނެ ކަމަށެވެ.

