އޭލެވެލް ކިޔަވައިދިނުމަށް އައު އިމާރާތެއް ބިނާ ކުރަނީ؛ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ!

ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށާއި އެހެންނަމަވެސް ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާގެ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު އިސްމާއީލް ޝަފީއު ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފުރަމާލެއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ތަން ކަމަށާއި މިހިނގާ 2024 ވަނަ އަހަރ ގްރޭޑް 10 އެއްގައި 1700 ދަރިވަރުން ފުރަމާލޭގައި ކިޔަވަމުންދާ ކަމަށެވެ. އަދި މި ރަށުގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
