އައްޑޫ ސިޓީ މަރަދޫގައި ރޭ މާރާމޭރީއެއް ހިނގާ ދެ މީހަކަށްއަނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިއަދު ބުނި އެ މަރާމާރީގެ ރިޕޯޓް ލިބިފައިވަނީ ރޭ 10:30 ގައި ކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭކަންކަން ބަލަމުންދާ ކަމަށެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިތުރަށް ފުލުހުން ބުނެފައިވަނީ މި މާރާމާރީއާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް މި މައްސަލައާއި ގުޅިގެން މިދަނީ ބަލަންޖެހޭ ކަންކަންބަލަމުން ކަމަށެވެ.
މަރަދޫގައި ރޭ މާރާމާރީއެއް ހިނގާ ދެ މީހަކަށް އަނިޔާވެފަވޭ، އަދި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

