ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ ދެވަނަ ބުރު މިއަދު ފަށައިފިއެވެ.
ސާނަވީ އިމްތިހާނަށްފަހު މަތީ ސާވަނީ ތަޢުލީމު ފެށުމާއި ދޭތެރޭ ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ނުވަތަ ތަޢުލީމު ދޭ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނު އަދި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އާރް.ޑީ.ސީން ހިންގާ ކޯއޮޕަރޭޓިވް އެޑިއުކޭޝަން ބިނާވެހި، ޕްރޮގްރާމުުގެ ދެވަނަ ބުރު މިއަދު ފަށާފައިވާ އިރު މިބުރުގައި ހިމެނެނީ ޖުމްލަ 6 ބައިވެރިންނެވެ.

އާރުޑީސީއިން ކުރިއަށް ގެންދާ ބިނާވެހި ޕްރޮގްރާމުގެ 2ވަނަ ބުރުގައި ހިމެނެނީ 6ބައިވެރިންނެވެ…..ފޮޓޯ:އާރްޑިސީ
ޖުމްލަ 6 ބައިވެރިވެފައިވާ ބިނާވެހި ގެ މި ޕްރޮގްރާމު ކުރިއަށް ދާނީ 6 މަސް ދުވަހަށެވެ. އާރްޑީސީ އިން ހާމަކޮށްފައިވާ ގޮތުގައި މިޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އާރް.ޑީ.ސީގެ ބިނާވެހި ޕްރޮގްރާމުގެ މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނުވައި، މަސައްކަތުގެ މާހައުލަށް ނިކުންނަންވާއިރަށް ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

