ގއ.އަތޮޅުގެ މީހުން ދިރިއުޅޭ ހަތް ރަށަކާއި ގދ.އަތޮޅުގެ މީހުން ދިރިއުޅޭ ދެ ރަށެއްގައި ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިންކޮށް، ސަޕްލައި އަދި އިންސްޓޯލް ކޮށްދޭނެ ކުންފުންޏެއް ހޯދަން އިއުލާން ކޮށްފިއެވެ.
މިއީ ދިވެހި ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު (އީ.އައި.ބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
ގްރިޑް-ޓައިޑް ސޯލަރ ޕީވީ-ޑީސަލް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ޕްލާންޓްތަކެއް ޑިޒައިން، ސަޕްލައި އަދި އިންސްޓޯލް ކުރުމުގެ މަސައްކަތަށްބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ. މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ފާއިތުވި ތިން އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 6 މިލިއަން އެމެރިކާ ޑޮލަރުލިބިފައިވާ އަދި ފާއިތުވި 5 އަހަރު ތެރޭގައި މިބާވަތުގެ ދެ މަސައްކަތްކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 3.2 މިލިއަން އެމެރިކާ ޑޮލަރު ކަމުގައި ވެސް ވާން ޖެހޭނެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 ޖުލައި 2 އިން 2024 އޮގަސްޓު 26އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.
ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ.

