މިދިޔަ ސަރުކާރުން ފެށި ރަށްރަށުގައި ގާއިމްކުރާ ޕޮލިސް ސްޓޭޝަންތަކުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ގޮތުގެ އޮޑިޓެއް ހަދަމުންދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މިއަދުގެ ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާިއ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއވްި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީ ސަރުކާރުގައި 55 ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް ކުރުމަށް ބޭރުގެ ކުންފުންޏަކަށް ހަވާލުކުރިކަން ފާހަގަކުރައްވާ އަޒާން ވަނީ ރައްޔިތުންގެ ފައިސާއިން އެ ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ދީފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށްވެސް އެއްވެސް ޕޮލިސް ސްޓޭޝަނެއްގެ މަސައްކަތް ނިންމިފައިނުވާއިރު މިކަމާއި ގުޅިގެން އެއްވެސް ތަހުގީގެއް ކުރިއަށް ގެންދޭތޯ ސުވާލުކުރައްވާފައިވެއެވެ.
އަދި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން މި އޮޑިޓު ހަދާ ނިމުމުން މި މައްސަލައިގެ ތަފްސީލުތައް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ފަހުން ހާމަކުރައްވާނެކަމަށެވެ.

