ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ލިބިގަތުމުގެ ފުރުޞަތުގެ ދަށުން، ބުރޫނާއި ދާރުއްސަލާމަށް ރާއްޖޭގެ 20 އިމާމަކަށް ތަމްރީން ލިބުމުގެ ފުރުސަތު ލިބިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައިދު ވިދާޅުވީ މި މަހު 15 ގައި ބުރުނާއީގައި ތަމްރީނުވުމުގެ ފުރުޞަތު ލިބުނު އިމާމުން ފުރާނެ ކަމަށެވެ.
އެގޮތުން އެ ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއި ގެ ޤައުމީ އިސްލާމީ ޔުނިވަރސިޓީގައި ކަމަށާއި، ސުލްޠާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީގައި ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިހާރު ރާއްޖޭގައިތިބި އިމާމުންގެ ތެރޭން ފުރުސަތު ލިބޭނީ ޢަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާ އެކު، ކަމާގުޅޭ ދާއިރާގައި މަސައްކަތްކުރާ ފަރާތެއްކަމުގައިވާނަމަ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުންނަށް އަމާޒުކޮށްގެން ދީނީ މަޢުލޫމާތާއި ގުޅޭ ޚާއްޞަ ޕްރޮގްރާމެއް ހިންގުމުގެ މަގުސަދުގައި، ބުރޫނާއީގެ ފަރާތުން ޓިކެޓާއި ވިސާ ފިޔަވާ އެހެން ހުރިހާ ޚަރަދެއް ކުރާގޮތަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
ތަމްރީނު މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނަށް ކަމަށްވެސް ވަނީ އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

