ރާއްޖޭގެ ތިން ރަށަކަށް ބޭނުންވާ ފިޒިއޮތެރެޕީ ސާމާނު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ބުރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) ހަދިޔާ ހަދިޔާކުރައްވައިފިއެވެ.
އުއްޗު ފިޒިއޮތެރަޕީގެ ސާމާނު ހަދިޔާ ކުރެއްވީ ޅ. ކުރެންދޫ، ހ.އ ހޯރަފުށި، އަދި ޅ.ހިންނަވަރަށެވެ.
މި ސާމާނު ހަދިޔާ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ސިއްހަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން ޗަމްޕާ ބުރަދާސްގެ އިސްވެރިންނާއި، ސިއްހީ ވުޒާރައިގެ އިސްބޭފުޅުންނާއި އަދި މި 3 ދާއިރާތަކުގެ އިއްޒަތްތެރި މެމްބަރުންވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސިއްހީ ދާއިރާ ކުރިއަރައިގެން ދިޔުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ވަރަށް އުފާވެރިކަން އަދި ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަން ފާހަގަ ކުރައްވައި މިނިސްޓަރ ހަލީލު ވިދާޅުވީ މިފަދަ ބޮޑު ކަމެއް ރާއްޖޭގެ ޕްރައިވެޓް ފަރާތަކުން އިސްނަންގަވައިގެން ކޮށްދެއްވާކަމީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށްޓަކައި ތައްޔާރަށް ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމުގައެވެ.
ރައީސުލް ޖުމުހޫރިއްޔާގެ އެންމެ ވަރުގަދަ ސިޔާސަތެއްގެ ގޮތުގައި އޮތީ ޕްރައިމަރީ ހެލްތް ކެއާރގެ ނިޒާމް ވަރުގަދަ ކުރުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމު ވަރުގަދަ ވެގެންދާ އިރުގައި ކަސްރަތު ލިބުމާއި އަދި އެކިއެކި ބަލިތައް ދިގު މުއްދަތަކަށް ތަހައްމަލު ކުރާ ފަރާތްތައް އެފަރާތްތައް އެ ބަލިތަކުން ނެރުމަށްޓަކައި ފަރުވާއާއި އެކީ ނުވަތަ ފަރުވާއަށް ފަހު ފިޒިއޮތެރަޕީ ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެބެ.
ރާއްޖެ އެތުރިފައިވާ ގޮތުން ދައުލަތުން ސިއްހީ ނިޒާމަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށާއި އަދި ހަމަ އެއާއެކު މިއަދު ޗަމްޕާ އުއްޗު މި ހަދިޔާ ކުރި ސިއްހީ އާލާތްތަކުގެ ސަބަބުން މި 3 ރަށުގެ މީހުން ވަރަށް ބޮޑަށް އުފާ ކުރާނެ ކަމަށް ވަނީ ޑރ ހަލީލު ވިދާޅުވިއެވެ.
ހަލީލުގެ ވާހަކަފުޅުގައި އުއްޗު އަކީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮވިޑްގައި ކޮށްދެއްވި ބޭފުޅެއްކަން ފާހަގަ ކުރައްވައި ޓްރިޓޮޕް ހޮސްޕިޓަލްގެ ބިލްޑިންގާއި، ސެެންޓްރަލް ހޮޓެލްގެ އިމާރާތުގެ ބޭނުން ހިފުމަށް ދިނުން ހާއްސަކޮށް ވަނީ ފާހަގަކުރައްވާފައެވެ.
އުއްޗުގެ ފަރާތުން މި ތަކެތި ހަވާލު ކޮށްދެއްވީ ސާރާ މޫސާއެވެ. ހަަމައެއާއެކު މި ތަކެއްޗާއި ހަވާލުވުމަށް ވަޑައިގަތީ މި 3 ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރުންނެވެ.

