ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް، މި ޖުލައިމަހުގެ 7 ވަނަ ދުވަސް ސަރުކާރު ބަންދު ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހީނާ ވިދާޅުވީ މި ޖުލައިމަހުގެ 7 ވަނަ ދުވަސް (އަންނަ އާދީއްތަ ދުވަސް) ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
މި ދުވަހަކީ ހިޖްރީ އާ އަހަރުގެ ފުރަތަމަ ދުވަސް ކަމުގައިވާ މުޙައްރަމް މަހުގެ 1 ވަނަ ދުވަހެވެ. މި ދުވަހަކީ ކުރިންވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅިފައިވާ ދުވަހެކެވެ.

