އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރަކަށް އިމަޖެންސީ މެޑިސިންގެ ހާއްސަ ޑޮކްޓަރު އާމިނަތު ޒޭބާ އަހުމަދު ހަމަޖައްސައިފިއެވެ.
އިމަޖެންސީ ރޫމްގެ އެންމެ އިސްވެރިޔާގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި ޒޭބާ، މިއަދުން ފެށިގެން އެހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރަކަށް ހަމަޖައްސާފައިވާ ކަމަށާއި އެމަގާމަށް ޒޭބާ ހަމަޖައްސާފައި ވަނީ ތިން އަހަރުގެ މުއްދަތަށް ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ހާމަކޮށްފައެވެ. އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ ރޭޑިއޮލޮޖިސްޓް ޑރ. އާމިނަތު ނަޒީރެވެ.
މެޑިކަލް ޑިރެކްޓަރެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކްލިނިކަލް އޮޕަރޭޝަންތައް ބެލެހެއްޓުމާއި ފަރުވާގެ އެންމެ މަތީ މިންގަނޑުތައް ކަށަވަރުކޮށް، ބަލި މީހުންނާއި މުވައްޒަފުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށް ދިނުން ހިމެނެއެވެ.
މެޑިކަލް ޑިރެކްޓަރުގެ އަސާސީ މުސާރައަކީ 41،344ރ. އެވެ. އެކަމަކު، މަގާމުގެ އެލަވަންސަށް ކަނޑައަަޅާފައިވާ 30،782ރ. އާ އެކު މަހަކު 72،125ރ. ލިބިވަޑައިގަންނަވާނެއެވެ.

