މާފަންނު ގެއެއްގެ ފަންގިފިލާއެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މާފަންނު ފުލޫނިޔާމަގުގައި ހުރި ގެއެއްގެ މަތީ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑ ރެސްކިއު އިން އެހިސާބަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީީފައެވެ.

މާފަންނުގައި އަލިފާނުގެ ހާދިސާ ހިނގިސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މާފަންނު އެލްސިއޯން ކައިރީ ހުންނަ "މ.އެންޒިއަން" ގޭގެ 3 ވަނަ ފަންގިފިލާ ގައެވެ.

މާފަންނުގައި އަލިފާނުގެ ހާދިސާ ހިނގިސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު

މާފަންނުގައި އަލިފާނުގެ ހާދިސާ ހިނގިސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު

މާފަންނުގައި އަލިފާނުގެ ހާދިސާ ހިނގިސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު

މާފަންނުގައި އަލިފާނުގެ ހާދިސާ ހިނގިސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެެރިވަނީ….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު
މިހާދިސާގައި ދެމީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

