އެމްޑީޕީގެ އާންމު މެމްބަރުން ރުހިގެންތިބި އެމްޑީޕީގެ ފިކުރެއް އަދި އެމްޑީޕީގެ ގުނަވަންތަކެއް މިއަދަކު މަސައްކަތް ނުކުރާ ކަމަށް ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ވިދާޅުވެއްޖެއެވެ.
މެޒޯ މޯޑް ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ، އޭނާ ގަބޫލުކުރާގޮތުގައި އެމްޑީޕީގެ ތެރެއިން ބޮޑު އަދަދެއްގެ އާންމު މެމްބަރުން ރުހި ގަބޫލު ކޮށްގެން ތިބި އެމްޑީޕީގެ ފިކުރެއް އަދި އެމްޑީޕީގެ ގުނަވަންތަކެއް މިއަދަކު މަސައްކަތެއް ނުކުރާ ކަމަށެވެ.
މެޒޯ މޯޑް މިހެން ވިދާޅުވެފައިވަނީ، މިހާރު ސަރުކާރު ތެރޭގައި އަދި އެމްޑީޕީގެ ލީޑަރޝިޕް ތެރޭގައި ދެބަސްވުންތަކެއް އުޅޭކަމުގެ ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މީގެ ކުރިން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުއާ އެކު ސިޔާސީގޮތުން ކުރިއަށް ދެވެން ނެތް ކަމުގައި ވިދާޅުވެފައެވެ.

