"ސްޕާމް ކައުންޓް ދަށް ވާތީ އެމައްސަލަ އަބަދު ޖެހެމުން ދިޔައީ، އޭގެ ކުރިން ދެމީހުންގެ ދެމެދުގައި ސީރިއަސް ބޮޑު މައްސަލައެއް ޖެހިގެން ވަރިފަށަށް އެރީ، އަނބިމީހާ ހިތްހަމަޖައްސައިދެވޭ ވަރަށްވުރެ ބަލިކަށި މީހަކަށް އަހަރެން ވީ، ބޭރުފުށުން ކިތަންމެ ރީއްޗަށް ހުއްޓަސް ފިޓްކަމަށް ދެއްކިއަސް ސެކްޝުއަލީ އައި ވޯޒް ވެރީ ވީކް ޓިލް އައި ސްޓާޓެޑް ޔޫޒިންގ ސެލެރީ ޖޫސް. ގަވާއިދުން ސެލެރީ ޖޫސް ބޭނުންކުރުމާއެކު ލައިފްސްޓައިލް ވަރަަށް ހެލްތީ ގްރީން ގޮތަކަށް ބަދަލުކޮށްލީ، ތަރުކާރީ އާއި މޭވާ، ކާޑް އާއި ޔޯގަޓް، އިރާދަކުރެއްވިއްޔާ ވަރަށް ވެސް ކާމިޔާބު، ވައިފް ޑިވޯސް ހިޔާލު މުޅިން ދޫކޮށްލީީ، މިހާރުދެން އެންމެ ބޮޑު އުއްމީދުވެސް އިރާދަފުޅާއި މިންވަރުފުޅުން އެ ސީދާވަނީ، ވައިފް ބަނޑަށް މިހާރު 3ހަފުތާވީ، ޑޮކްޓަރީ ބޭސް ބޭނުން ކުރިނަމަވެސް ތެދަށް ބުުނަންޏާ ބޮޑު ބަޔަކީ ސެލެރީ ޖޫސް، ލައިފަށް ގެނައި ބަދަލުވެސް…."
މިއީ ގާތްރަހުމަތްތެރި އެއްގެ ވާހަކައެވެ. ވަރަށް ގާތުން މިމަންޒަރު ދުށީމެވެ. އެހެންނަމަވެސް ސެލެރީ އަކީ މިހާބޮޑަށް ފައިދާ ހުރި އެއްޗެއް ކަމެއް ކުރިން އެނގިފައި ނެތުމުން މިކަމާ ބެހޭ ގޮތުން އޮޅުން ފިލުވުމަށް މާޔޯ ކްލިނިކާ ހަމައިން ފެށީމެވެ.
ސެލެރީ އަކީ ކޮބައި ހެއްޔެވެ؟
މިއީ އެޕިއާސީ އާއިލާއަށް ނިސްބަތްވާ އެރޯމެޓިކް ތަރުކާރީއެއް ކަމަށާއި އޭގެ ތެރޭގައި ކަރާ، ޕާސްނިޕް، ފެން، ޕާސްލީ އަދި ކަރާ ވެސް ހިމެނެ އެވެ. ސެލެރީ އެންމެ ފުރަތަމަ ހައްދާފައިވަނީ މެޑިޓެރޭނިއަން އަދި މެދުއިރުމަތީގެ ސަރަހައްދުގައި ކަމަށާއި މިއީ ޒަމާނުއްސުރެ ކާބޯތަކެއްޗާއި ބޭހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ.
ސެލެރީ ސްޓޯކްގެ ސަބަބުން ރޯ ސެލެޑާއި ޑިޕްސް އަށް ކްރަންޗް އަދި ސޫޕާއި ސްމޫތީއަށް ލުއި ރަހައެއް ލިބެ އެވެ. މީގެ އިތުރުން ސެލިއުލަރ އަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްތައް ވެސް އެކުލެވިގެންވެއެވެ.

ސެކްޝުއަލީ އައި ވޯޒް ވެރީ ވީކް ޓިލް އައި ސްޓާޓެޑް ޔޫޒިންގ ސެލެރީ ޖޫސް"…ފޮޓޯ:އައި-ފްލެއަރ"
ސެލެރީގައި ފްލައިޑް(phthalide)ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މިއީ އާޓަރީ ފާރުތަކަށް ލުޔެއް ދީ، ލޭ ދައުރުވުން އިތުރުކޮށް، ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ ފައިބާ، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ވެސް ސެލެރީގަައި އެކުލެވިގެންވެއެވެ. ސެލެރީއަކީ ކެލޮރީސް މަދު އަދި ފައިބަރު ގިނަ އެއްޗެކެވެ.
ސެލެރީއަކީ ފައިބާ އާއި ނިއުޓްރިއެންޓްސް ގިނަ އަދި ކެލޮރީސް މަދު އެއްޗެކެވެ. މިއީ ޕޮޓޭސިއަމް އާއި ވިޓަމިންސް އަދި އެންޓިއޮކްސިޑެންޓްސް އިން ފުރިފައިވާ އެއްޗެކެވެ. ސެލެރީއަކީ 95 އިންސައްތަ ފެނެވެ. ބަރުދަން ލުއިކުރަން ނުވަތަ އާންމުކޮށް ބަނޑުގެ ހަރަކާތްތަކަށް މަސައްކަތް ކުރާނަމަ މިއީ ވަރަށް ރަނގަޅު ނާސްތާއެކެވެ. އެކަމަކު އޭގެ ސަބަބުން ސިއްހީ އެހެން ފައިދާތަކެއް ވެސް ލިބެ އެވެ.
ގުދުރަތީގޮތުން ހައިޑްރޭޝަން، މާނައަކީ ޑީހައިޑްރޭޓްވުން ނުވަތަ ފެންމަދުވުން ދުރުކޮށް ދިނުމެވެ. ފަސޭހަކަމާއެކު ހަށިގަނޑަށް ބޭނުންވާ ފެން ސެލެރީއިން ލިބިދެއެވެ. މައިގަނޑު ގޮތެއްގައި ސެލެރީގެ ނުވަދިހަ ފަހެއް އިން ސައްތަ އަކީ ފެނަށް ވުމުން ސެލެރީ ޖޫހަކީ ހަށިގަނޑުން ފެންމަދުވުމަށް ވަރަށްވެސް ރަނގަޅު އެހީތެރިއެކެވެ، ހާއްސަކޮށް ހޫނު މޫސުމުގެ އުދާސް ދުވަސްތަކުގައި މިއީ ހަމަ އެއްވަނައިގެ ޖޫހަކަށް ވާނެއެވެ.

ސެލެރީއަކީ ފައިބާ އާއި ނިއުޓްރިއެންޓްސް ގިނަ އަދި ކެލޮރީސް މަދު އެއްޗެކެވެ.
ކެލޮރިކް އަދި ހަކުރުގެ މިންވަރު ދަށްވުމަކީވެސް ސެލެރީގެ ހާއްސަ ފައިދާއެކެވެ. މީގައި ކުރިންވެސް ބުނެފައިވާ ފަދައިން ފެން ގިނަވުމަކީ މީގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެހެންކަމުން މިއީ ހަކުރުގެ މައްސަލަ ހުންނަ މީހުންނަށް ވަރަށް ވެސް ރަނގަޅު ފައިދާހުރި ބާވަތެކެވެ. ސެލެރީ ޖޫހަކީ ޑައިބެޓީސް ފަދަ ބަލިހުންނަ ފަރާތްތަކަށްވެސް ނުހަނު ރަނގަޅު ބުއިމެއްކަން ޔަގީނެވެ.
އާތުރައިޓިސްއާ ކުރިމަތިލުމަށް ސެލެރީ އަކީ އެންމެ ރަނގަޅު އެހީ ފޯރުކޮށްދޭ ބާވަތެއް ކަމަށް ސިއްހީ މާހިރުން ވަނީ ލަފާދެއްވާފައެވެ،
ނިއުރޯޖެނެރޭޓިވް ބަލިބަލިން ރައްކާތެރިކޮށްދޭ ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެފައިވެއެވެ. ނާރުތައް ބަލިކަށިވެ ނިކަމެތިވުމުން ދުރުކޮށް ނާރުތަކުގައި ވަރު ޖެއްސުމަށް ސެލެރީ ޖޫހަކީ އެންމެ ރަނގަޅު ބުއިންތަކުގެ ތެރެއިން ބުއިމެއްކަން ގައިމެވެ.
ދަރިފަނިމަދުވުން ފަދަ ދެމަފިރިކަމުގެ ގުޅުމުގައި ބަލިކަށިވެ، އެއްދާންކުރުމުގައި ވަރުބަލިވާ ނަމަ ސެލެރީގެ އެހީ ހޯދުމަށް އަބަދުވެސް ސިއްހީ މާހިރުން ލަފާދެއްވައެވެ.
ސިއްހަތާބެހޭ ހާއްސަ ކްލިނިކެއްކަމަށްވާ ކާމިޔާބު މަޝްހޫރު ކްލިނކް މާޔޯ ކްލިނިކުން ހާމަކޮށްފައިވާ ގޮތުގައި ސެލެރީ އަކީ ހަށިގަނޑުގެ ޖިންސީ ދުޅަހެޔޮކަމަށާއި ދަރިފަނި އިތުރުކޮށް ދުޅަހެޔޮ ކުރުުމުގައިިވެސް އެންމެ ފުރިހަމަ ދައުރެއް އަދާކުރެއެވެ.
ވައިގެ އުނދަގުލާއި މޭ އެންދުމާއި ބަނޑު ފުއްޕާފައި ހުރުމުން ސަލާމަތްވުން، ހިތުގެ ދުޅަހެޔޮކަމަށްވެސް ސެލެރީ އަކީ އެންމެ ރަނގަޅު އެއްބާވަތަށް ވާއިރު ސެލެރީ ޖޫހުގެ ފައިދާވެސް މިކަމުގައި އެހާ ބޮޑެވެ. ގޭސްޓްރިކް ވާ ފަރާތްތަކަށް ސެލެރީ ޖޫހަކީ ގާތް އެކުވެރިއަކަށް ވާނެކަން ޔަގީނެވެ.
މިގެނެސްދެނީ ހަތަރު ވައްތަރަކަށް ސެލެރީ ޖޫސް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

ސެލެރީ ޖޫސް، ނިއުރޯޖެނެރޭޓިވް ބަލިބަލިން ރައްކާތެރިކޮށްދޭ
ގްރީން ސިޓްރަސް ރިފްރެޝަރ (ފެހި، ހުތް ތާޒާ ސެލެރީޖޫސް)
ބޭނުންވާ ތަކެތި
- 4 ސެލެރީ ސްޓޯކް
- 1 ކިއުކަމްބާ
- 1 ފެހި އާފަލު
- 1/2 ލުނބޯ/ 1 ތަށި ފެން (250 އެމްއެލް ފެން)
ތައްޔާރު ކުރާނެ ގޮތް:
ސެލެރީ، ކިއުކަމްބާ، އާފަލު އަދި ލުނބޯ ދޮވެ ކޮށާލުމަށްފަހު ބްލެންޑަރަށް އަޅާލުމަށްފަހު ހުރިހާ އެއްޗެހި އެއްކޮށް ޖޫސްކޮށްލާށެވެ.
ރަނގަޅަށް ގިރާލުމަށްފަހު ޖޫސް ތަށްޓަކަށް އަޅާށެވެ.
ބޭނުމިއްޔާ ތާޒާކަން އިތުރުކޮށް ފިނިކޮށްލުމަށް އައިސް ކިއުބް އަޅާލާށެވެ.

އާތުރައިޓިސްއާ ކުރިމަތިލުމަށް ސެލެރީ އަކީ އެންމެ ރަނގަޅު އެހީ ފޯރުކޮށްދޭ ބާވަތެއް
ޖިންޖަރ ޒިންގް (އިނގުރު ޒިންގ ސެލެރީޖޫސް)
ބޭނުންވާ ތަކެތި
- 5 ސެލެރީ ސްޓޯކް
- 1 އިންޗި ތާޒާ އިނގުރު (ކޮށާފައި)
- 1 ފެހި އާފަލު
- 1/2 ކިއުކަމްބާ
- 1 ތަށި ފެން (250 އެމްއެލް ފެން)
ތައްޔާރު ކުރާނެ ގޮތް:
ސެލެރީ، އިނގުރު، އާފަލު އަދި ކިއުކަމްބާ ދޮވެ ކޮށާލުމަށްފަހު ބްލެންޑަރަށް ހުރިހާ އެއްޗެއް އަޅާށެވެ.
ރަނގަޅަށް ގިރައި އެއްކޮށްލުމަށްފަހު ތަށްޓަކަށް އަޅާށެވެ.
ބޭނުންނަމަ ކިއުކަމްބާ ފޮއްޗަކުން ނުވަތަ މިންޓް ސްޕްރިގް ފަތްކޮޅަކުން ގާނިޝް ކޮށްލާށެވެ.

ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭ ފައިބާ، މެގްނީޒިއަމް
ޓްރޮޕިކަލް ބްލިސް
ބޭނުންވާ ތަކެތި
- 4 ސެލެރީ ސްޓޯކް
- 1 ޖޯޑު އަލަނާސި ޗަންކްސް
- 1/2 ލުނބޯ (ކޮށާފައި)
- ތާޒާ މިންޓް ފަތްކޮޅެއް/ 1 ތަށި ފެން (250 އެމްއެލް ފެން)
ތައްޔާރު ކުރާނެ ގޮތް
ސެލެރީ، އަލަނާސި، ލުނބޯ އަދި މިންޓް ދޮވެ ކޮށައި ބްލެންޑަރުގައި އެއްކޮށްލުމަށް ފަހު ތަށްޓަކަށް އަޅާށެވެ.
ތާޒާކަން އިތުރުކޮށްލުމަށް މިންޓްފަތްކޮޅަކުން ގާނިޝް ކޮށްލާށެވެ. ބޭނުމިއްޔާ އައިސްކިއުބްކޮޅެއް ވެސް އަޅާލާށެވެ.

ސެލެރީއަކީ ފައިބާ އާއި ނިއުޓްރިއެންޓްސް ގިނަ އަދި ކެލޮރީސް މަދު އެއްޗެކެވެ.
ސްޕައިސީ ވެޖީ ކިކް
ބޭނުންވާ ތަކެތި
- 5 ސެލެރީ ސްޓޯކް
- 1 ކުޑަ ބީޓް (ކޮށާފައި)
- 1/2 ޖަލަޕެނޯ މިރުސް (އޮށް ނަގާފައި)
- 2 ކެރެޓް
ތައްޔާރު ކުރާނެ ގޮތް:
ސެލެރީ، ބީޓް، ޖަލަޕެނޯ އަދި ކެރެޓް ދޮވެ ކޮށައި، ފެނާއެކު ބްލެންޑަރުގައި ގިރާލާށެވެ. އަދި ތަށްޓަކަށް އަޅާލާށެވެ.
ސެލެރީ ޖޫސް ބުއިމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބާ؟
ސެލެރީ ޖޫސް ބުއިމަށް އެންމެ ރަނގަޅީ ތާޒާކޮށް ތައްޔާރުކޮށްގެން ފަތިހުގެ ވަގުތު މާނައަކީ ހެނދުނު ހޭލައިގެން ހުސް ބަނޑާ ހުރެގެން ކަމަށް ޑޮކްޓަރުންނާ ސިއްހީ މާހިރުން ލަފާދެއެވެ.

ސެލެރީޖޫސް، ގަވާއިދުން ބޭނުންކުރާ ދުވަސްތަކުގައި މެދުނުކެނޑިބޭނުން ކުރުން މުހިންމު
ހެނދުނުގެ ވަގުތަކީ އެންމެ ރަނގަޅު ވަގުތެވެ. ދެން ސުވާލަކީ ކިހާ ދުވަހެއް ވަންދެން ތޯއެވެ.
7 ދުވަސް ވަންދެން ބައެއް މީހުން މި ޖޫސް ބޭނުން ކުރެއެވެ. ސާދަ ދުވަސް އަދި މަސް ދުވަހުވެސް ބައެއް މީހުން ބޭނުން ކުރެއެވެ. އެންމެ ރަނގަޅު ގޮތަކީ ޑައެޓިޝަނެއް ފަދަ ސިއްހީ މާހިރެއްގެ ލަފާ ހޯދުމެވެ.
ދެން މި އޮތީ ސިއްހީ މާހިރުންގެ ލަފާގައި ބޭނުންކުރުމަށް ބުނެދީފައިވާ މިންވަރެވެ. ސެލެރީ ޖޫހުގެ 16 އައުންސް ފަދަ ކުޑަ މިންވަރަކުން ފަށައި، ހަށިގަނޑު އެއަށް އަމަލުކުރާ ގޮތް ބަލާށެވެ. އެލާޖިކް ވުމަކީވެސް މަދުން ނަމަވެސް ދިމާވެދާނެ ކަމަކަށްވާތީއެވެ.
ސެލެރީ ޖޫސް ބުއިމަށްފަހު ކެއުމާ ދެމެދު ގަޑިއެއް ނުވަތަ ދެގަޑިއެއްހާ އިރު ވަގުތު ދިިނުން މުހިންމެވެ، އެހެނީ ސެލެރީ ޖޫހުގެ ފައިދާ ހަށިގަނޑަށް ފޯރުކޮށްދިނުމަށް ގުނަވަންތައް ވަގުތުކޮޅެއް ބޭނުންވާނެތީއެވެ.
ކޮންސިސްޓެންސީ ނުވަތަ ދާއިމީ ގޮޮތެއްގައި މެދުނުކެނޑި ކުރިއަށް ގެންދިއުން މިއީ އެންމެ މުހިންމު ކަމެވެ.
ސިއްޙީ ގޮތުން ލިބިދާނެ ފައިދާތަކަށް ޓަކައި ސެލެރީ ޖޫހަކީ ކޮންމެ ދުވަހެއްގެ އާދައަކަށް ހެދުމަށް ޝައުގުވެރިވާ ބައެއް ފަރާތްތަކުން ލަފާދެއެވެ.
ކެއުމަށް އަންނަ ކޮންމެ ބަދަލަކާއެކު މިފަދަ ކަންކަމުގައި ސިއްހީ މާހިރުންގެ ލަފައާއި މަޝްވަރާ މުހިންމުވާނެއެވެ.

