ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް އިން އާންމުކޮށްފިއެވެ.
ރާއްޖޭގައި ގަވާއިދާ ޙިލާފަށް މަސައްލަ ބޮޑުވެފައިވާތީ ރާއްޖޭގައި އޮތް ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ޒަމާނީ ވަޞީލަތްތަކުގެ އެހީގައި އެމީހުންގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ގެޒެޓްގައި މިއަދު އާންމުކުރި އިއުލާނުގައި ވަނީ ބިދޭސީން 25 ދާއިރާއެކުން ވިޔަފާރިކުރުން މަނާ ކަމުގައި ކަނޑައަޅާފައެވެ. އެގޮތުން ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް) ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި ހިމެނޭ ބާވަތްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތްތަކާއި، ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް އާއި،ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން) މާއި ތަކެތި ކުއްޔަށްދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް) އެ މްޕްލޯއިމަންޓް އޭޖަންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޙިދުމަތްތައް ވެސް ހިމެނެއެވެ.
ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައްވެސް ވަނީ ނުކުރެވޭނެ ވިޔަފާރި ތަކުގެ ތެރޭގައި ހިމަނާފައެވެ.
ލޭންޑްސްކޭޕިންގ މަސައްކަތްތަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތަކަކަކީވެސް ބިދޭސީންނަށް ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ހިމެނާފައި ވެއެވެ.
ވަކިން ޙާއްސަކޮށް ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުމާއި، ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތާއި، ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތާއި، ގާނޫނީ ވަކީލުންގެ ހިދުމަތްތާއި، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތާއި، ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުމާއި، ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުމާއި، ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުމާއި، ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން ވެސް މިއީ ބިދޭސީންނަނަށް ނުކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ތަކެތި އުފެއްދުމާއި ވިއްކުމާއި، ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި) މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތާއި،
މައިނިންގ އޮފް ސޭންޑްއާއި، ޕޮރެސްޓްރީ ވެސް އިކޮނޮމިކް މިނިސްޓްރީން ހިމަނާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.
ގަވައިދާ އެއްގޮތަށް ކޮންމެ ބިދޭސީއަކަށް ޒިންމާވާނެ މީހަކު ކަށަވަރުކޮށް ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ ބޮޑު އޮޕަރޭޝަނެއް މިހާރުވަނީ ފަށާފައެވެ.

