ރާއްޖޭގެ ދެކުނުން އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ އެސިޓީގެ ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
މިކަން ހާމަކުރަމުން އެމްއެންޑީއެފް އިން ބުނީ އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރާގައި ހިތަދޫ، އަސްރާރު މަންޒިލް ގޭގެ ފުރާޅު އެއްލާލުލުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ.
އައްޑޫސިޓީ ހިތަދޫއަށް ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު ހެނދުނު 09:41 ހާއިރު ހިތަދޫ އެ ގޭގެ ފުރާޅު އެއްލާލުމުން ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތީގޮތުން އެގޭގެ ފުރާޅު އަޅައިދީފައި ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފަކައެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ

