ބަނޑުގައި ވައި ހެދި، ބަނޑު ފުފިފައި ހުރުމަކީ ވަރަށް ބޮޑަށް އުނދަގޫވާނެ ކަމެކެވެ. ކެއުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ވައިގެ ގިނަ މައްސަލަތައް ޖެހުން ގިނަ އެވެ. މިއީ ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވެސް އަސަރު ކުރުވާ މައްސަލައެކެވެ. ވައިގެ މައްސަލައަކީ އެއަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވޭނަމަ ވަރަށް ބޮޑަށް ނުރައްކާވުން ގާތް ކަމެކެވެ. ބަނޑުގައި ވައިހެދުމުގެ މައްސަލަ ކުރިމަތިވަނީ ގިނަފަހަރު ކެއުމުގެ އާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުންނެވެ. ނުބައިކޮށް ކާތަކެތި ބޭނުންކުރުމާއި، އަވަސްއަވަހަށް ކެއުމާއި، މަދުން ފެން ބުއިމަކީވެސް މިފަދަ މައްސަލަތައް ދިމާވުމަށް މަގުފަހިވާ ކަންކަމެވެ.
ގޭހުގެ އުނދަގޫ ބޮޑުވުމުންނާއި ބަނޑު ފުފިފައި ހުންނަނަމަ ކާނާގެ ތެރެއިން މިއަށް ފަރުވާއެއް ހޯދުން މާ ރަނގަޅު ކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާދެއްވާފައެވެ.
އެގޮތުން ސައިންސްގެ އަލީގައި ސިއްހަތު ދިރާސާކޮށް ފަރުވާ ބުނެދީ ލަފާ ދީފައިވަނީ ގުދުރަތީ މާއްދާތައް ބޭނުން ކުރުމަށެވެ. އެގޮތުން ބަނޑުފުފި، ވައިގެ އުނދަގޫވާނަމަ ލުނބޯ، ލޮނުމެދު އެއްކޮށްގެން ބޭނުން ކުރުމަކީ ޒަމާނުއްސުރެ ވަރަށް ރަނގަޅު ފަރުވާއެއްކަމަށް ވަނީ ލިބިފައެވެ.
ހަގީގަތުގައިވެސް ލޮނުމެދަކީ އެންޓިވައިރަލް އަދި އެންޓިފަންގަލް ހުންނަ ބާވަތެކެވެ.
ހަށިގަނޑަށް ފަސޭހައިން ކާއެއްޗެހި ހަޖަމުކޮށްލަން ލޮނުމެދު ވަރަށްބޮޑަށް އެހީތެރިވެދެއެވެ.
މިއީ ހަޖަމުކުރުންވެސް އެންމެ ރަނގަޅު އެއް ބާވަތެވެ. މީގައި އަދި ލުނބޯގައި ހުންނަ ވަރުގަދަ އެންޓި ބެކްޓީރިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީޒްގެ ސަބަބުން ބަނޑުގައި ހުންނަ ނުބައި ބެކްޓީރިއާގެ މިންވަރު ބެލުމަށް އެހީތެރިވެދޭ އަދި ބަނޑުގައި ހުންނަ ޔީސްޓް ގެ މިންވަރު ދަށްކޮށްލުމަށް އެހީތެރިވެދެއެވެ.

ލޮނުމެދަކީ އެންޓިވައިރަލް އަދި އެންޓިފަންގަލް ހުންނަ ބާވަތެކެވެ.
ތިރީގައި މިހިމަނާލަނީ ބަނޑުގައި ވައިހެދި ފުފިފައި ހުރުމަށް ތައްޔާރުކޮށްގެން ބޭނުންކޮށްލެވިދާނެ ބުއިމެކެވެ.
- 3 ލުނބޯ ފޮތިކޮށް ކޮށާފައި (ތޮށްޓާއެކު)
- 3 ލޮނުމެދު ޗަސްކޮށްފައި
- ވާޖިނިއާ އޮއިލް
- މާމުއި
- ބިއްލޫރިފުޅިއެއް
ޗަސްކޮށްގައި ހުރި ލޮނުމެދާއި ލުނބޯ ފުޅިއަށް އަޅައި މޭޒުމަތީ ބޮޑު ސަމުސަލެއްގެ ފަސްސަމުސާ މާމުއި އެއަށް އަޅާށެވެ.
ވާޖިން އޮއިލް ފުޅީގެ އެއްބަޔަށް ވާ ވަރަށް އަޅާލައި، ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

ލޮނުމެދާއި ލުނބޯ އަދި ވާޖިންއޮއިލް އެކުވުމުން ވައިގެ އުނދަގުލުން ސަލާމަތްކޮށްދޭ
ބޭނުންކުރާނެ ގޮތް
މި ބުއިން 12 ގަޑިއިރު މެރިނޭޓް ކުރުމަށްފަހު، ކޮންމެ ދުވަހަކުވެސް ދުވާލަކު ދެފަހަރު،ސަމުސަލެއް ބޭނުން ކުރާށެވެ. މި ބުއިން ރައްކާތެރި ކުރުމަށް ފުރިޖް ކުރެވިދާނެއެވެ. ނޫނީ ރޫމްޓެމެޕްރޭޗަރ ގައިވެސް ބެހެއްޓިދާނެއެވެ. ހޫނުވެއަވީގައި ނުޖެހެންޏާ ރަނގަޅުވާނެއެވެ. ސަބަބަކީ މިއީ 3 ވަރަކަށް ލުނބޯ ވީމަ އެހާ ގިނަ ދުވަސްތަކެއް ނުވަނީސް ހުސްވެދާނެތީ ފްރިޖްނުކޮށް ފިނި ތަނެއްގައިވެސް ބެހެއްޓިދާނެއެވެ.
މިއީ ހަޖަމު ކުރުމުގެ މައްސަލައަށާއި ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުރުމަށް ވަަރަށްވެސް ރަނގަޅު ފަރުވާއެކެވެ.
މި ފަރުވާއާއެކު ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް، އިތުރު ސަމާލުކަން ދޭންވީ ކަންކަން:
- ގަވާއިދުން ފެންބުއިން އިތުރުކުރުން
- ކެއުމުގެ އާދަތައް ރަނގަޅުކުރުން
- ގަވާއިދުން ކަސްރަތުކުރުން
- ނިދުމުގެ އާދަތައް ހަރުދަނާކުރުން، މިއީ ހައްތަހާ ވެސް ފުރަމޭ ގައި ސަރުބީ ޖެހުމާއި ބަނޑުގައި ވައިހެދި ބަނޑު ފުފިފައި ހުރުމަށް މަގުފަހި ކުރުވާ ނޭދެވޭ އަދަދަކުން ދުރުވާން ކުރަން ޖެހޭ ކަންތައްތަކެކެވެ.
މި ފަރުވާއަކީ ގިނަ ބައެއްގެ ތަޖުރިބާއިން ސާބިތުވެފައިވާ ރަނގަޅު ނަތީޖާ ލިބޭ ފަރުވާއެކެވެ.
ނަމަވެސް، އެއްވެސް ބާވަތެއްގެ އެލަރޖީއެއް ހުރި ފަރާތްތަކުން މި ފަރުވާ ފެށުމުގެ ކުރިން ޞިއްޙީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ.
https://www.tiktok.com/@shaffagedazzleandshine/
(މީގައި މިވާ ވީޑިޔޯއަކީ، އޭގެ ވެރިފަރާތުގެ ހުއްދައާއެކު، ހިއްސާކޮށްފައިވާ ވީޑިޔޯއެކެވެ. އޭގައި އެހެރީ މިބުއިން ތައްޔާރުކޮށްދޭނެ ގޮތް ބުނެދީފައެވެ.)

