ސްޓެލްކޯގެ ކަރަންޓް ކޭބަލް ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށް، އެތަކެތި ވަގަށް ނެގި މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އަދި އިއްޔެ އެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.

