އަހަންނަކީ އިންޑިއާގެ ފަގީރު އަވަށަކަށް ނިސްބަތްވާ އަންހެނަކީމެވެ. އެހެންމީހުންނެކޭ އެއްފަދައިން އުއްމިދުތަކާ ހުވަފެންތަކެއް އަހަރެންވެސް އައީ ދެކެމުންނެވެ. މަންމައާއި ބައްޕައަށް ލިބިފައިހުރި 5 ކުދިންގެ ތެރެއިން އަހަންނަކީ އެންމެ ދޮށީ ކުއްޖާއެވެ. ނަމަވެސް އަހަރެންގެ ހާލަތު ބަދަލުވީ ރޮހިންޖާ ހަނގުރާމައިގައި ތާށިވެ އެ އަނިޔާވެރި ކަމުގެ ތެރޭގައި ބައްޕައަށް ލިބުނު އަނިޔާގައި ދެފައި ބުރި ކޮށްލަން ޖެހުނު ހިސާބުންނެވެ.
އެ އަނިޔާވެރިކަމުގެ ތެރޭގައި މަންމަ ޝަމްސުއްނިސާ ވެސް ވަނީ ނަފްސާނީ ބަލިމީހަކަށްވެފައެވެ. އަހަރެންގެ އުމުރުން އޭރު 14 އަހަރެވެ. އަހަންނަށްވުރެ ހަނގަށްތިބީ، 13 އަހަރުގެ އާރަވީ އާއި، 11 އަހަރުގެ މިޝިތާއާއި، 8 އަހަރުގެ ނަންދިނީއާއި، 3 އަހަރުގެ ބިޝްނޫއެވެ.
ރޮހިންޖާ ހަނގުރާމަ ހޫނުވެ ހަނގުރާމައިގެ ތެރޭގައި އަހަރެންގެ ކުޑަކުޑަ އާއިލާ ތާށިވިއެވެ. އޭރުވެސް ކަން ހިނގީ އާއިލީ ހަމަނުޖެހުމުގެ ތެރޭން ކަމަށާއި، އޭރު ގައުމު އޮތްހާލަތުން އަރައިނުގަނެވި ދުވަސްތައް ފާއިތުވި ކަމަށް ޝަމްޝު ކިޔައިދިނެވެ.
ބަޔާން ކުރަންދަތި ހާލަތާއި ޝަމްސު ކުރިމަތިލާން ޖެހުނީ އެއްބަނޑު ހަނގަށްތިބި ކުދިންނަށް ކާންބޯން ހޯދުމާއި، ކިޔަވައިދޭން ޖެހުނު ހިސާބުންނެވެ. އާއިލާ މީހެއްގެ އެހީތެރިކަމާއެކު ޝަމްސަށް ގައުމުން ބޭރަށް ވަޒީފާ ލިބިދާނެ ކަމަށް ބުނުމުން ދުރުގައުމަކަށް ދިޔައެވެ. އެގޮތުން ޝަމްސް މަންމައާއި ބައްޕައަށް ފައިދާތަކެއް ހޯދާ ހަނގަށްތިބި ކުދިންނަށް އޮނުއޮރިޔާން ނިވާވާނެ ގޮތެއް ހޯދުމަށް ދަތުރު ފެށިއެވެ. ނަމަވެސް އެންމެފަހުން ކަންވެގެން ދިޔައީ ބަޔާން ކުރަންދަތި އުނދަގޫ ހާލަތަކަށެވެ.
އުފާވެރި މަންޒިލެއް ހޯދުމަށް ކުރިދަތުރުގަ އެއާރޕޯޓްގައި ޖެހުނުއިރު ބަލާ ގޮސްހުރީ އެޖެންޓް އޭނާގެނެސް ރޫމެއް ދެއްކިއެވެ. އަދި ކުރަންވާ މަސައްކަތާއި އުޅެންވީ ގޮތްވެސް ކިޔައިދިނެވެ. މޭޑެއްގެ ވަޒީފާއަށް ފެށި ދަތުރުގަ ޝަމްސް އޭނާގެ މަސައްކަތާ ހަވާލު ކުރިއެވެ.
ރަށަކީ ހިތްގައިމު ރަށެއް ކަމަށާއި، އާބާދީ މަދުވިޔަސް މީހުން ރަނގަޅު ރަށެއް ކަމަށް ޝަމްސް ބުންޏެވެ. ޝަމްސްއަކީ ގެވެހި އަންހެން ކުއްޖަކަށްވެފަ ހަވާލުކުރެވުނު މަސައްކަތް ބަރާބަރަށް ކުރަމުން ދިޔައެވެ. ކޮންމެ މަހެއްގެ ވެސް ބަރާބަރަށް ފައިސާ ލިބޭތީ ޝަމްސް ހުރީ އުފަލުންނެވެ. މި ގޮތުގައި ތިން މަސްވީތަނާ ޝަމްސްގެ ހާލަތު ބަދަލުވާން ފެށިއެވެ. މަސައްކަތް ކުރަމުންދިޔަ ގޭ މީހުންގެ އަޅާލުން ކުޑަވެގެންދިޔައެވެ. ކޮންމެމަހެއްގަވެސް މުސާރަދެނީ މުސާރައިގެ ބައެކެވެ. އަނެއް މަހު އެބައިދޭނެ ކަމަށްބުނެ ލަސްވަމުންދިޔައެވެ.
އެހާ ހިސާބަށްދިޔައިރު އެޖެންޓާއި ވާހަކަދައްކާލެވޭނެ ގޮތެއް ނުވިއެވެ. އެޖެންޓްއާއި ވާހަކަދައްކާލެވޭނެ ގޮތެއް ނުވިތާގަ ފޯނަށް ޖަވާބެއް ވެސް ނުލިބެއެވެ. ތިޔަ ގުޅުއްވި ނަމްބަރު އޮތީ ނިއްވާލާފައެވެ. ޝަމްސަށް ދިޔައީ ގޮތް ހުސްވަމުންނެވެ. އެހެންނަމަވެސް ކުރާނެ ކަމެއްނޭނގި ވަގުތު ގުނަން ޖެހުނެވެ. ލިބޭ މަދު ލާރިކޮޅު ކޮންމެ މަހެއްގައިވެސް އާއިލާ އަށް ފޮނުވޭތޯ ޝަމްސް ދިޔައީ ބަލަމުންނެވެ. އާދައިގެމަތިން ކޮންމެދުވަކީވެސް ޝަމްސް ބުރަ މަސައްކަތް ކުރާ ދުވެކެއެވެ. ބުރަ މަސައްކަތް ކުރުމަށްފަހު އާދައިގެމަތިން ޝަމްސް އޮތީ ނިދާށެވެ. ކުއްލިއަކަށް ޝަމްސަށް ހޭލެވުނީ މީހަކު ފައިގެ ފަލަމަސްގަޑުގައި އަތްލީހެން ހީވެގެންނެވެ. އެއީ ޝަމްސް ހަނދާނުން ފޮހެވިގެން ނުދިޔަރެއެކެވެ. އެރޭގެފަހުން ކޮންމެ ރެއަކީ ގޭ ވެރިމީހާ ފައުޒީ ގެ ކަރުހިއްކުން ފިލުވާލެވޭ ހަށިގަނޑަކަށް ޝަމްސްގެ ހަށިގަނޑު ހަދަމުންދިޔަ ރެއެކެވެ. ކޮންމެ ރެއަކަށް ލިބޭ މަދު ލާރިކޮޅުގެ ބޭނުމުގައި ޝަމްސަށް މަޖުބޫރުވީ އެކަން ކުރާށެވެ.
ދުވަސްތަކެއް ފާއިތުވިއެވެ. ފައުޒީގެ ބަހަށް ޝަމްސް ހެއްލުނެވެ. "ގިނަލާރި ލިބޭނީ ގިނަކަންކުރީމަ" ފައުޒީ ބުންޏެވެ. މީހެއްގެ ބަހަށް ހެއްލުން ނޫން ގޮތެއްނެތް ޝަމްސް އެންމެފަހުން އޭނާ އަށް މަޖުބޫރުވީ ކޮންމެގޮތެއްވިޔަސް ފައުޒީގެ ބޭނުންތައް ފުއްދާށެވެ. ރޭގަނޑަކަށް އިރު އޮއްސިއްޖިއްޔާ އެތައްބައެއްގެ ކަރުހިއްކުން ފިލުވަމުން ޝަމްސް ދިޔައެވެ. ކުޑަކުޑަ ފައިސާ ކޮޅަކަށެވެ. ކަޅު އަނދިރި ރޭތައް އެގޮތަށް ފާއިތުވަމުންދަނިކޮށް ޝަމްސް ބަލިވެ ކެޕިޓަލް ސިޓީ އަށް ދިޔައެވެ. ދެން ދިމާވީ މާ ބޮޑު ކަމަކާއެވެ. މާ ގިނަ ލާރިލިބޭނެ ގޮތެވެ. ޓެލެގްރާމް ގުރޫޕެއްގެ ތެރެއިން އުފާ ހޯދާނެ ގޮތެކެވެ. އެގޮތުގައި އަހަރެއް ފާއިތުވިއެވެ. އޭރު އެ އަވަށް ދަސްކޮށްފައިވާ ޝަމްސް އަށް ވަރަށް ފަސޭހައިން ކަންކުރާނެ ގޮތް ހުރީ އެނގިފައެވެ. ބޭނުންވާ ވަރަށް ފައިސާ ލިބުމުން ފިލައިގެން އަމިއްލަ ރަށަށް ދިއުމަށް ވިސްނިއެވެ.
ރޭގަނޑަކަށް އިރު އޮއްސިއްޖިއްޔާ އެތައްބައެއްގެ ކަރުހިއްކުން ފިލުވާ އާރަކަށްވެފައިވާ ޝަމްސް އެންމެފަހުން އޭނާގެ ވިސްނުން ބަދަލުކުރިއެވެ.
އަމިއްލަ ރަށަށް މިސްރާބް ޖެހިއެވެ. އޭގެ ތިން ދުވަސްފަހެވެ. ފޯނު ހުޅުވާލިއެވެ.
ފެނުނީ ހައިރާން ކުރުވި މެސެޖެއްނޫނެވެ. ވާނެ ގޮތް އެނގޭތީ ޝަމްސް ފުރައިގެންދިޔަ ކަމުގެ ހަގީގަތެވެ. ޓެލެގުރާމް ގުރޫޕެއް މެދުވެރިކޮށް ބަޔަކު ހައްޔަރު ކޮށްފިއެވެ. ޝަމްސް ވަގުތުން ފޯނު ނިއްވާލިއެވެ. އޭނާގެ އުފާތައް ކަނުކޮށްލި ގައުމުގެ މަތިން ވެސް ނައްތާލިއެވެ.

ފޮޓޯ /ގޫގްލް
ނޯޓް: މިއީ އިންޑިއާގެ ރައްޔިތަކަށް ދިމާވެފައިވާ ހަނގީގީ ހާދިސާއެއް ކަމަށް ބުނެ އެ ގައުމުގެ މީހަކު ކިޔައިދީފައިވާ ހާދިސާއެކެވެ. މިފަދަ ހާދިސާތަކަކީ ވަޒީފާގެ ބޭނުނުގައި ގައުމުން ބޭރަށް ދިއުމުގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެވެ.

