ކޮންމެ އަންހެނަކުވެސް ބަލިވެ އިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ޞިއްޙި އެހީ ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި މިކަންކުރުމަށް ބަނޑުން ތޮޅެންދެން ލަސްކުރުމުގެ ބޭނުމެއް ނެތެވެ.
ބަލިވެ އިނުމުގެ އެންމެކުރީގެ ދުވަސްވަރަކީ ކުޑަދަރިފުޅު ބަނޑުގައި އުފެދެމުންއަނަ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. މިދުވަސްވަރުގައި މައިމީހާ އަރާމްކުރުމަށާއި ރަގަޅުކާނާކެއުމަށާއި ޞިއްޙިގޮތުން ދިމާވާ ކުދިކުދި މައްސަލަތަކުގައި ޞިއްޙީ ހިދުމަތްތެރިޔެއްގެ ލަފަޔާއި އރުސާދު ބޭނުންވާނެވެ.
މާބަނޑުވުމުގެ ބައެއް އަލާމާތްތައް ފާހަނގަކުރެވުމާއި އެކު ހާއްސަ ސަމާލކަމެއް ދިނުން މުހިންމެވެ. މިގޮތުން ބަލާއިރު މާބަނޑުވުމުގެ އަލާމާތްތަކަކީ މައްސަރުކަންތައް ނުޖެހުމާއި،އުރަމަތި ބޮޑުވާންފެށުން،ހޮޑުލެވުން މެއިނުބައިކުރުން،ބޯ އެނބުރުން،އަވަސްއަވަހަށް ކުޑަކަމުދާންވުމެވެ.
އަދި މީގެއިތުރުން ބަލިވެއިނދުމުގެ ފަހުކޮޅުގައި ފެންނާނެ އަލާމާތްތަކަކީ :
އުރަމަތި ބޮޑުވުމާއިއެކު ނާރުތައް އެނގުން. ވައްގަނޑުގެ ކައިރި ކުލަގަދަވެ ބޮޑުވުން، މި ބަދަލު އެންމެ ބޮޑަށް ފާހަގަކުރެވޭނީ ފުރަތަމަ އަހަރުއެވެ.
4 ނުވަތަ 4 ބައި މަހުގެ ތެރޭގައި ބަނޑުން ތޮޅުން. އެންމެފުރަތަމަ ތޮޅޭނީ ވަރަށްކުޑަކޮށެވެ. އަލަށް ބަލިވެ އިންނަކުއްޖާއަށް ފަހަރުގައި މި މުއްދަތުގައި ނޭގނި ހިނގައިދާނެއެވެ.
5 މަސް ފުރުމަށްފަހު ހޮޑުލެވި މޭނުބައިކުރާގޮތް ރަނގަޅުވެއެވެ.

ބަލިވެ އިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ޞިއްޙި އެހީ ހޯދަން ޖެހޭ
ދަރިފުޅު ބޮޑުވަމުން އައިވަރަކަށް މައިމީހާގެ ބަނޑު ބޮޑުވަމުންދާނެއެވެ. 6 މަސްފުރުމުން ބަނޑުބޮޑުވުން އަވަސްވާނެއެވެ. އަދި ރަހިމު ބޮޑުވަމުންދިއުމުގެ ސަބަބުން ނެވާކުރުވުމާއި ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތައް މެދުވެރިއެވެ. 8 މަސްފަހުން މެދަށައް ދުވެ ދަރިފުޅު ތިރޔައްޖެހެއެވެ. މިގޮތުން ތިރިޔައްޖެހުމުން މޭދަށައް ލުއިވުމާއި އެކު އުކުޅުވަޅަށާއި އުނގަނޑުގެ ތެރެޔަށް ތަދުވެއެވެ. އަދި ތަންކޮޅެއް އަވަސްއަވަހައް ކުޑަކަމުދާން ޖެއެވެ.
ކޮންމެ މަޔަކުވެސް ބަލިވެ އިންކަން ޔަގީންވުމުން ވީ އެންމެ އަވަހަކަށް ޞިއްހީ ހިދުމަތްދޭ ފަރާތަކަށް ދެއްކުންމުހިންމެވެ. މިގޮތުން:
ފުރަތަމަ ބަލިވެއިންކަން އެގުމުން ވީހާ އަވަހަށްކަށް ޑޮކްޓަރަށް ދެއްކުން
އެއްވެސް އިތުރުއުނދަގުލެއް ނުވާނަމަ 7 މަސްވަންދެން މަހަކު އެއްފަހަރު ދެއްކުން
ހަތްމަހުންފެށިގެން 9 މަސްވަންދެން މަހަކު ދެފަހަރު ދެއްކުން
މާބަނޑުދުވަސްވަރު ބައެއްފަހަރަށް ނުރައްކާތެރި އަލާމާތްތައް ކުރިމަތިވެ ފުރާނައަށް ގެއްލުން ލިބޭ ހާލަތައް ދެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކާއި އެފަދަ މައުލޫމާތު ހޯދުމަކީ މުހިންމުކަމެކެވެ. މިގޮތުން ދިމާވާ ނުރައްކަތެރި އަލާމާތްތަކަކީ
- ލޭއައުން ނުވަތަ ފެންފޭބުން
- އަތްފައި ފޮއްސިވުން
- ގަދަޔަށް ބޮލުގައި ރިއްސުން
- މޫނުމަތިން ކޮކާބުރާގޮތްވުން
- ގިނައިން ހޮޑުލުން
- ދުވަސްނުފުރައި ބަނޑުގައި ރިހުން

މާބަނޑު ދުވަސްވަރު ދިމާވާ ސިއްޙި މައްސަލަތަކުން ސަލާމަތްވުމަށް ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ.
- ރެޔާ ދުވާލު އެއް ފަހަރު ނަމަވެސް ސާފު ވައިގެ ތެރެއަށް ނުކުމެ ހިނގާލާ އުޅުން.
- އާންމުކޮށް ގޭތެރޭގަޔާއި އޮފީހުގައި ކުރާ މަސައްކަތް ހުއްޓާ ނުލާ ކުރުން.
- ނަމަވެސް މާބުރަ މަސައްކަތް ނުކުރުން.
- ރެޔާދުވާލު މަދު ވެގެން 8 ގަޑިއިރު ނިދުމާއި މެންދުރު ފަހުން ވެސް ކުޑަކޮށް އަރާމު ކޮށްލުން.
- އޮށޯވެ އޮންނައިރު ފައި ދަށަށް ބާލީހެއް ލައްވައި އުފުލާ ލައިގެން އޮތުމަކީ ރަނގަޅު ކަމެކެވެ.
- ހަށިގަނޑުގެ ރީތިކަން ދެމެހެއްޓުމަށާއި ރިތިހެދުމަށް ލޯބި ކުރަން ވާނެއެވެ.
- ބަނޑު ހިނދުނަ ނުދިމަށްޓަކައި ފަތައި ތަރުކާރީ އާއި މޭވާ ބޭނުން ކުރަމުން ގެންދިއުން.
- ދަތްތަކުގެ މައްސަލައެއް އުޅޭނަމަ ޑޮކްޓަރަކަސް ދަށްކައިގެން ވިހެއުމުގެ ކުރިން ފަރުވާ ހޯދުން.
- ދުވާލަކު އެއްފަހަރު ސައިބޯނި ލައިގެން ރަނގަޅަސް ފެންވަރަން ވާނެއެވެ،
- ބޭނުންވާ މައުލޫމާތު ޞިއްޙީ ހިދުމަތްތެރިޔަކާއި ގުޅައިގެން ހޯދުން.
ދަރިފުޅަށް ދޭނެ ކިރު މައިމީހާގެ ގައިގައި އުފެއްދުމަށާއި ވިހާ ދަރިފުޅުގެ ޞިއްހަތު ރަނަގަޅުވެ އެކަށިގެންވާ ބަރުދަނެއް ބެހެއްޓުމަށްޓަކައި ބަލިވެ އިންނަ ދުވަސްވަރު މައިމީހާ ރަނގަޅު ކާނާ ބޭނުން ކުރުން މުހިންމެވެ. ވީމާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް މިކާނާތައް ހިމަނާށެވެ.
ކިރު،ކުކުޅު ބިސް، ތަރުކާރީ އާއި ފެހި ކުލަ ގަދަ ފަތް، މޭވާ

