އައިލެންޑް އޭވިއޭޝަން ސާވިސަސްގެ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓު އަލުން ވިޔަފާރީގެ ހިދުމަތަށް އެނބުރި އަންނަކަން އުފަލާއެކު އިއުލާނުކޮށްފި އެވެ.
ކުދި ކުދި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަދި ކުރިން ޝެޑިއުލްކޮށްފައިވާ އިންޖިނިއަރިންގެ ހިދުމަތެއް ދިނުމަށް ފަހު، ދާދި ފަހުން ބޯޓު ވަނީ 2007 ވަނަ އަހަރުން ފެށިގެން އޭޝިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން އަންނަ މެލޭޝިއާގެ ސެޕަންގް އިންޖިނިއަރިންގައި މަރާމާތުކޮށްފަ އެވެ.
އެއާބަސް އޭ-320 އަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށް، އެ ބޯޓު މިއަދު މެންދުރު މާލެ ގެނެސްފައިވާ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެ އެވެ.
މޯލްޑިވިއަންއިން އިތުރަށް ބުނީ މިރޭ 9 ޖަހާއިރު މި އެއާބަހުގައި ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާ އަށް ކުރާ ދަތުރާއެކު އަލުން އެ ބޯޓުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

