ތިނަދޫ ގައި އަލަށް ހަދާ 14 މަގުގެ ސާރވޭ މިއަދު ފަށައިފިއެވެ.
ސާރވޭ ހެދުމާއި މަގު ހެދުމުގެ މަޝްރޫޢު މިއަދު ފަށައިފައި ވާއިރު މިހާރު ހަދާ ސާރވޭ ނިމުމާއި އެކު މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފަށާނެ ކަނަށް މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ސަރުކާރުން ހަވާލު ކުރައްވާފައިވާ ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން ވަނީ ބުނެފައެވެ.
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ ދަށުން ރަށުގެ ބޮޑު 14 މަގެއް ހެދުމުގެ އިތުރުން އެ މަގުތައް ޒަމާނަށް ފެތޭގޮތަށް ތަރައްޤީ ކުރާނެ ކަމަށް ވެސް އާރ ޑީސީ އިން ވަނީ ބުނެފައެވެ.
މަގު ހެދުމަށް ބޭނުންވާ ސާމާނުތައް ބަހައްޓާނެ ބިން ތިނަދޫ ކައުންސިލުން މިއަދު ވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ.
ސަރުކާރުގެ ކުންފުނި އާރ ޑީސީ އިން ތިނަދޫ ގައި މިހާރު ކުރިއަށްގެންދާ ތިނަދޫ ފްލެޓް ތަކުގެ ކައިރީގައި މަގު ތަކެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް އެއްކޮށް ނިމިފައެވެ.

