އައްޑޫސިޓީ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ކުރިއަށްދާ މިފްކޯ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިންމާލައިފިއެވެ.
ސަރުކާރުގެ ޕީއެސްޕީއައި ބަޖެޓުގައި ހިމަނައިގެން 2020 ވަނަ އަހަރު ފެށި އެ މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރީ މިއީ 69 މިލިއަން ރުފިޔާ އަށް 2020 ގައި އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ. ސަރުކާރުގެ ޕީއެސްޕީއައި ބަޖެޓުގައު ހިމަނައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު އަކީ ފޭސް 1 ގައި ހިމެނެނީ ނެރު ކެނޑުމާއި 90 މީޓަރުގެ އެލޯންގ ސައިޑް ޖެޓީއެއް ހެދުމެވެ.
އެ މަޝްރޫއާ ގުޅޭގޮތުން އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވި ގޮތުގައި އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކޮށްފައިވަނީ ބޮޑެތި ބޯޓު ފަހަރަށް ވެސް ކައިރިކުރެވޭ ގޮތަށެވެ. ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި ވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތީމައެވެ.
މިހާރު ޖެޓީމަތީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓްޖެހުމާއި ފްރީޒިންގ ކޮންޓެއިނަރ ބޭސްމަންޓް އެޅުން ހިމެނޭ ކަމަށާއި އެ މަސައްކަތްތައް ނިމުމުން އެމްއެސްއެސްގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޖެޓީގެ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދަރ ވެސެލްތަކަށް ވެސް ފަސޭހަކަމާއިއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ ކަަމަށް ޝާހިދު ވިދާޅުވިއެވެ.
މިފްކޯ ބަނދަރުގެ މަސައްކަތުގެ އިތުރު ތަފްސީލް ހާމަކުރައްވަމުން އޭއެފްސީގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓަންޓް މެނޭޖަރ އަލީ ޝިޔާޒު ވިދާޅުވީ އެ ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

