ބޮލުގައި ރިއްސަނީ ހެއްޔެވެ. މައިގްރެއިންގެ އުނދަގޫ ޖެހުނީ ކަން ޔަގީން ހެއްޔެވެ. އަސްތަ، އަނހާ އަބަދު ބޭސް ކާކަށް ނުވާނެއެވެ. ބޭސް ކާންވާނީ ޑޮކްޓަރ ދެއްވާފައިވާ ގަވާއިދަށެވެ. ހަމަ ރިއްސައިގެން މޭ ނުބައިކޮށް ލޯ ނުހުޅުވޭވަރު ވާއިރަށް ހަމަ ކޮންމެ ފަހަރަކު ޕެނަޑޯލް ނޫނީ ބްރޫފަން ކައިގެން، މީހާއަށް ލިބިދާން ގެއްލުން ކިހާ ބޮޑުކަން ވިސްނާލިން ހެއްޔެވެ.
ބޮލުގައި ރިހުމަކީ އުނދަގޫދެނިވި ވޭނެކެވެ. މުޅި މީހާގެ ހަށިގަނޑު ވަރުބަލިކޮށްލާ ކަމެކެވެ.
ރޯޒް މޭރީ އަކީ ހާސްކަން ދުރުކޮށްލަދީ، ބޮލުގައި ރިއްސުމާއި މައިގްރެއިންގެ ތަދުން މީހާ ސަލާމަތްކޮށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ.

ރޯޒްމެރީ ހާސްކަން ފިލުވަދޭ…ޕްލަސީބޯ އަސަރު ފޯރު ކުރުވައެވެ……ފޮޓޯ:ފްލަޔަރ
ދުވާލެއްގެ މައްޗަށް ބޮލުގައި ރިއްސުމުގެ އަސްލު މައްސަލައަކަށް ވަނީ "ލޯ ކާބް ޑައިޓު" ނުވަތަ އެކަށީގެންވާ މިންވަރަށް ކާބޯހައިޑްރޭޓްސް ނުލިބުމުން ލޭގައި ހަކުރު ވަރަށް ބޮޑަށް ދަށްވުމެވެ. އަދި ދެން ބޮލުގައި ރިއްސަން ފަށައެވެ.
ހޫނު ފެނުގައި ލުނބޯ ބުއިމަކީ ބޮލުގައި ރިއްސުން ފިލުވައިދޭ ކަމެކެވެ. ލުނބޯގައި އެކުލެވޭ ވިޓަމިން ސީ ގެ ސަބަބުން ހަށިގަނޑު އެތެރޭން ސާފުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ފަށައި، މައިގްރެއިން އެއް މަޑުކޮށްލައެވެ.
ރޯޒްމެރީ އަކީ ޒަމާނުއްސުރެ ރިހުންތަކުން ދުރުވުމަށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ރޯޒްމެރީ އިން ނާރުގެ ނިޒާމުގެ ބަލިތަކަށް ކުރާ އަސަރުތައް ބެލުމަށް 2020 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ބޮލުގައި ރިހުމަށް ދިމާވާ މައްސަލައަށް އެންމެ އަވަސް ފަރުވާއެއް ލިބިދޭ އެއްބާވަތަކީ ރޯޒްމެރީއެވެ.

ރޯޒްމެރީ އަކީ ނާރުތަކުގެ ރިހުމަށް އެންމެ އަވަސް ފަރުވާ ލިބޭ އެއްބާވަތެވެ…..ފޮޓޯ:ފްލަޔަރ
ރޯޒްމެރީ އިން މައިގްރެއިން އަށް ޕްލަސީބޯ އަސަރު ފޯރު ކުރުވައެވެ. އެހެންކަމުން މި ބުއިން އަޖުމަ ބަލާލަމާ ހިނގާށެވެ. ޕްލަސީބޯގެ އަސަަރުނަމަ ޔަގީނުންވެސް މި ޖޫސް ބުއިމުން އަމިއްލަ ނަފުސަށް ވަރަށްވެސް ބޮޑު އުފާވެރިކަމެއް ލިބި ހިތްހަމަޖެހި އަރާމުކަމެއް ލިބިގެންދާނެއެވެ.
ރޯޒްމެރީ، ޕިއާސް އަދި ލުނބޯ މޮކްޓެއިލް
ބޭނުންވާ ތަކެތި:
- 5 މޭޒުމަތީ ސަމުސާ ތާޒާ ރޯޒްމެރީ ފަތް
- ދޮން ވެފައިވާ ޕިއާސް އެއް
- ލުނބޯ ފޮތި ފޮތިކޮށް ކޮށާފައި
- ބައި ލީޓަރުގެ ފެން

ރޯޒްމެރީ އިން މައިގްރެއިން އަށް ޕްލަސީބޯ އަސަރު ފޯރު ކުރުވައެވެ……ފޮޓޯ:ފްލަޔަރ
ތައްޔާރު ކުރާނެ ގޮތް:
ސާފު ތެއްޔަކަށް ބައި ލީޓަރުގެ ފެން އަޅައި، ޕިއާސް، އަދި ލުނބޯ ވެސް އަޅާށެވެ. ހެޔޮވަރު ގިނީގައި 15 ނުވަތަ 20 މިނެޓް ކައްކާށެވެ.
އެއަށްފަހު ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ. ބޭނުމިއްޔާ މާމުއި ސަމުސަލެއް އެއް ކުރެވިދާނެ އެވެ.
ކޮންމެ ރެއަކު ވެސް ނިދަން އޮށޯތުމުގެ ކުރިން މީގެ ރޯޒްމެރީ ތަށްޓެއް ބޯލާށެވެ. ހަފުތާއެއް ވަންދެން ބޭނުން ކުރުމުން ރަނގަޅު ނަތީޖާ މާ ފުރިހަމައަށް ވެސް ފެންނާނެއެވެ.

