ރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު، ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފިއެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އެމެރިކާގެ ޗެމްބަރ އޮފް ކޮމާސްގެ މެމްބަރުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ.
މިދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓެމެންޓް ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ވަޒީރު އެމެރިކާއަށް މިއަދު ފުރާވަޑައިގެންނެވި ނަމަވެސް މި ދަތުރު ނިންމާލުމަށްފަހު އެނބުރި ވަޑައިގެންނަވާ ދުވަހެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

