އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަމުގައިވެސް ބިދޭސީންގެ ދައުރު ބޮޑެވެ. މުޅި ރާއްޖޭގެ އެކި ވިޔަފާރިތަކަށް ބެލިނަމަވެސް ފެންނަނީ ބިދޭސީން އެކިދިމަދިމާލުގައި ވަކި ހިއްކާޕާލާފައިވާތަނެވެ. ހަމައެއް މިނެތް އުސޫލެއްނެތި ރާއްޖެއަށް ބިދޭސީން ގެނެވިގެނެވުނުހެން ބިދޭސީން އިތުރުވެ ހާލަތު ވަނީ ބަދަލުވެފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ނިސްބަތް އާދަޔާއި ހިލާފަށް އިތުރުވަމުންގޮސް ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތްވަނީ ގިނަވެފައެވެ. ރާއްޖޭގެ ކުޑަރަށްތަކަށް ބަލާލާއިރު، އެރަށްތަކުގެ އާބާދީއާ އެއްވަރަށް ބިދޭސީންގެ އަދަދު ގިނައެވެ. ބައެއް ރަށްތަކުގައި އެރަށެއްގެ އާބާދީއަށްވުރެ ވެސް ބިދޭސީން ގިނަ ރަށްތައްވެސް ހުރިކަން ފާހަގަވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދޫވެފައިވާއިރު، މިއީ ގައުމަށް ފައިދާއެއް ހުރި ބައެއްނޫން ކަން އެންމެނަށްވެސް އެނގެއެވެ. ނަމަވެސް ލިބެން ނެތީ މިކަމަށް ހައްލެކެވެ. ގައުމުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު ވަކިމިނެއްގައި ހިފެހެއްޓުމެއްނެތި ދަނީ އަރައިގެންނެވެ.

އެކި ގައުމުތަކު ބިދޭސިން
ރާއްޖޭގެ އާބާދީގެ 26 ޕަސެންޓަކީ ބިދޭސީންނެވެ. ކޮންމެ ތިން ދިވެއްސަކަށް ބިދޭސީއެއް ރާއްޖޭގައި އުޅޭކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުންވަނީ ދައްކާފައެވެ. ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ މިހުންގެ ޖުމްލަ އާބާދީއަކީ 515،122 އެވެ. ދިވެހިންގެ އަދަދުކަމަށް ފާހަގަކޮށްފައިވަނީ 382،751 މިއަދަދަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދުކަމަށް އެ ހިސާބުގައި ފާހަގަކޮށްފައިވަނީ 132،371 އެވެ.
ބިދޭސީން އަދަދު ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ގައުމީ މަސައްކަތެކެވެ. ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްވެސް މެއެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު ވަކި މިންވަރަކަށް ނުހިފިއްޓިއްޖެ ނަމަ ދެންވާނެ ގޮތް ނިކަން ވިސްނާލަންޖެހެއެވެ. ރާއްޖެ މިއޮތީ އިގްތިސޯދީ ތަދުމަޑުކަމަކާއި ދިމާލުގައެވެ. މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެތީ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް، އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.

ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ފިހާރަ، ސައިހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރަންޓް ފަދަ ތަންތަނުގަ ކައުންޓަރުތަކުގައި ކޭޝިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ގޮތުގައި ބިދޭސީން ގިނަ އަދަދަކަށް މަސައްކަތްކުރަމުންދެއެވެ. ދުވަހުން ދުވަހަށް މިފަދަ ބައެއް ވިޔަފާރިތައް ހިންގުމުގައި މުޅިން ބިދޭސީން ހަރަކާތްތެރިވަމުންދާތަންވެސް ފެނެއެވެ. ގަވައިދުންތިބޭ ބިދޭސީންނަށްވުރެ މިތަންތަނުގައި ގިނައީ ނުގަވާއިދުންތިބޭ ބިދޭސީންނެވެ.
އަމިއްލަ ވިޔާފާރި އެއްކުރުމުގެ ބޭނުމުގަ ބިދޭސީން ރާއްޖެއެތެރެކުރަނި ކޮންމެވެސް ދިވެހި މީހެކެވެ. އޭނާގެ ވިޔަފާރި އެހީތެރިއަކަށް މި ބިދޭސީން ލައްވާ ދަނީ މަސައްކަތް ކުރުވަމުންނެވެ.
ނަމަވެސް ދިވެހިންނަށް ވަޒީފާ ނުލިބޭ ވާކަހައަށް ބަލާލުމުންވެސް ފެންނަން އޮތީ މި ހަނގީގަތެވެ. ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ރަނގަޅު ކުރެވޭށެވެ. އަމިއްލަ ޖީބުވެސް ބޮޑުކުރެވޭށެވެ. ނަމަވެސް ސަރުކާރުގެ އަތް މިކަމަށް ބޭނުންވެއެވެ. ބާރުގަދަ މޫތައް މުލުން ލުހިގެން ނޫން ގޮތަކަށް މިއީ ހައްލު ލިބޭނެ ކަމެއް ކަމަށް ނުބެލެވެއެވެ. ކޭޝިއަރ، ސޭޓުން ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތުގެ ވަޒީފާއަކީ، އަލަށް ވަޒީފާގެ ބަޒާރަށް ނުކުންނަ ދިވެހި ޒުވާނުންނަށްވެސް އަދާކުރެވިދާނެ ވަޒީފާއެއްކަމުން، މި ވަޒީފާ ދިވެހިންނަށް ޚާއްޞަކުރެވޭނެ ގޮތް ވެސް އޮތީ ކަނޑައެޅޭށެވެ. ނަމަވެސް ކަންބޮޑުވާ ކަމަކީ މި ކަންކަމަށް ހައްލު ހޯދުމުގެ ބަދަލުގަ ކުރީ ސަރުކާރުތަކުން އެހެންދިމަދިމާލުން ވިސްނިފައި އޮތީމައެވެ.

ބިދޭސީންތަކެއް ފިނިކޮށްލަން ބޭރުގަ
ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމުގެ މަސައްކަތްތައް މިހާރުދަނީ ކުރަމުންނެވެ. އޮޕަރޭޝަން ކުރަނގި ނަމުގަ ކުރަމުންދާ މަސައްކަތްތަކަކީ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ފަށާފައިވާ މަސައްކަތްތަކެވެ. ބިދޭސީން ގިނައިން ހަރަކާތްތެރިވާ ސަރަހައްދުތައް ބަލާ އެފަދަ ބިދޭސީން ފާހަގަކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް ހޯމްލޭޑް މިނިސްޓްރީން ބުނެފައެވެ. ބިދޭސީން ގަވާއިދަށް ރާއްޖޭގައި އުޅޭތޯ ބަލައި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްތުގެ ދަށުން ބޮޑެތި ކާމިޔާބީތައްވެސް މިހާރު ހޯދެމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ފާހަގަކުރެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައި އިއުލާނު ވެސް ކޮށްފައެވެ. އޭގެ ތެރޭގައި މިހާރު ވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތައް ހިމެނެއެވެ. ސަރުކާރަށް މިވީ މަދު ދުވަސްތަކުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަރަށްބޮޑަށް މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ. ފާއިތުވި 20 ވަރަކަށް އަހަރުގެ ތެރޭގައި ގައުމުގެ ތަރައްގީގެ ނަމުގައި ބިދޭސީންގެނެސް ދޭސީންނަށް ވީ ދުއްތުރާ ނޫން ކޯއްޗެއްތޯއެވެ.
ކެފޭ ރެސްޓޯރެންޓް ފިހާރަ ފަދަ ކޮންމެ ދިމާލަކުންވެސް ފެންނަނީ ބިދޭސީންނެވެ. ކެފޭ އަކަށްވަނަސް ކައުންޓަރުންވެސް ބިދޭސީ މީހެކެވެ. ކޮފީތަށި ގެންނަންވެސް ބިދޭސީއެކެވެ. އަތްގާތްކޮށްދޭންވެސް ބިދޭސީ މީހެކެވެ. ހެދިކާ ގެންނަންވެސް ބިދޭސީއެކެވެ. ގަންނަ އެއްޗެއް ނަގަން ކޮތަޅެއް ބޭނުންވިޔަސް އެވެސް ދޭން އަންނީ ބިދޭސީއެވެ.
ނަރުދަމާ ވަޅާއި، އޭގެ ދާރަ ފަށުން ފެށިގެން ވެސް ބިދޭސީންނެވެ. މަތީލެވެލުން ފެށިގެން ވިޔާރިތަކުގެ ކައުންޓަރުންވެސް ބިދޭސީންނެވެ. ހިދުމަތްލިބޭ ކޮންމެ ކޮންމެ ދިމާލަކުން ފެންނަނީ ބިދޭސީންނެވެ. ގައުމުގެ އަޑާއި ބަހުރަވަޔާއި، ވަހުންވެސް ހުސް ބިދޭސީންނެވެ. މިހާ ހިސާބަށް އާދެވުނުއިރު ދިވެހި މުގުލަށް ބުރަ ބޮޑުވެ މުގުލަށް ހެލި ނުލެވޭ ވަރަށް ބިދޭސީން ފުރިއްޖެއެވެ. ދިވެހިންތިބީ ބަލާށެވެ. ފެނިފެނި ހުއްޓާ "މުޅި އޮޑިއަށް ހަސަނުގެ ދެފައި" އަރާ ހަމަކުރާހެން ބިދޭސީން ގައުމުގެ ހަފަރާތުން ވަށާލާ މި އޮތްފަދަ ބޮޑު ފުރަމާލެ ބިދޭސީންއިން ފުރި ބާރު ކޮށްލައިފިއެވެ.

