ފައިސާ ފައިސާ ޗާޕް ނުކުރާނެ ކަމަށް އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިޔަސް އެއީ ގަދަ ކަމެއް ނޫން ކަމަށާއި، ފައިސާ ޗާޕް ކުރުމަކީ ކުރަން އޮންނަ ކަމެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސަންގުޓީވީގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމަޔައަކަށް އެޅުވުމަށް މިހާރުން މިހާރަށް ފައިސާ ޗާޕް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ކުރުން ގޯސް ކަމެއް ނޫން ކަމަށާއި އެކަމާ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވުމާ ވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
އެހެންވީމާ ވިސްނުންތެރިކަމާ އެކު ފައިސާ ޗާޕްކުރައްވައިގެން ވިޔަސް ވިޔަފާރިތައް ފުނޑު ފުނޑުވިޔަ ނުދެއްވާށޭ އެ މީހުންނަށް އެ ލާރި ދެއްވާށޭ. އެއްޗެހިީގެ އަގު ކުޑަކުޑަ ތަންކޮޅެއް ބޮޑުވެދާނެ، އެކަން ނުކޮށްފިއްޔާ މިހާރު އެހެން ހުރިހާ ވިޔަފާރިތައް ފުނޑުފުނޑު ވެގެން އެދަނީ އެމީހުންގެ މުވައްޒަފުން ވަޒީފާ ގެއްލެނީ،”
ފައިސާ ޗާޕް ނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން ފައިސާ ޗާޕްކުރުން ހުއްޓާލިކަން ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. ރައީސް ވިދާޅުވީ ގައުމު ހިންގާނީ ފައިސާ ޗާޕް ނުކޮށް ކަމަށެވެ.

