ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ދެވަނަ ބުރުގގައި ބައިވެރިވުމަށް 206 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓރީން ބުނީ ދެވަނަ ބުރުގެ އިމްތިޙާނު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށެވެ. އަދި މި ފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނުތައް މާލޭގެ އިތުރަށް އައްޑޫ ސިޓީއާއި މީމު އަތޮޅުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށް ޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެއް ކަމަށާއި،
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރުގައި 100އަށް ވުރެ ގިނަ ކުދީން ވަނީ ސަނަދު ހާސިލްކޮށްފައި ކމި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދުކުރުމާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ވަނީ ލިބިފައިވާ ކަމަށާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްސަ އެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށްވެސް ވަނީ ބުނެފައެވެ..

