ކ. ދިއްފުށީގައި ސްނޯކްލިންގއަށް ދިޔަ މީހެއްގެ ގައިގައި މިޔަރެއް ދަތް އަޅައިފިއެވެ.
މިޔަރު ދަތް އަޅާފައި ވަނީ ކ ދިއްފުށީ، ގެސްޓް ހައުސްއެއްގެ ވޯޓަރ ސްޕޯޓްސްގައި މަސައްކަތް ކުރާ ޒުވާނެއްގެ ގައިގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރުގެ ހަމަލަ އަމާޒުވީ ގެސްޓް ހައުސް ވޯޓަރ ސްޕޯޓްސްގައި މަސައްކަތް ކުރާ އެ ޒުވާާނާގެ އަތަށެވެ.
މިޔަރު ދަތް އަޅާފައި ވަނީ އެ މީހާގެ އަތުގައި ކަމަށް ވާތީ، އިތުރަށް ފަރުވާ ދިނުމަށް އެ ޒުވާނާ ވަނީ މިހާރު މާލެ ފޮނުވާފައި ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުންޏެވެ.

